Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މެސީ، މެސީ، މެސީ: ހެޓްރިކް ހެދުމަށްފަހު މެސީ، ރޮނާލްޑޯ ސަޕޯޓަރުން ރޮއްވާލައިފި

މެސީ، މެސީ، މެސީ: ހެޓްރިކް ހެދުމަށްފަހު މެސީ، ރޮނާލްޑޯ ސަޕޯޓަރުން ރޮއްވާލައިފި

ހުސައިން އިސްމާއިލް
6 ގަޑިއިރު ކުރިން - 17 ޖޫން 2026 07:59
ކުއްލި ހަބަރު
ކުއްލި ހަބަރު
ޚުލާސާ

މި ހެޓްރިކާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި މިރޮސްލާވް ކްލޯސާގެ ރެކޯޑާ (16 ލަނޑު) އަރާ ހަމަކޮށްފަ. މި ކާމިޔާބީއާއެކު މެސީ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފިޔަވައި، ތަފާތު ފަސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ.

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ތަފާތު މޮޅު ކުޅުމާއެކު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އާޖެންޓީނާއިން އަލްޖީރިއާގެ މައްޗަށް 3-0 ގެ ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ. އެރޯހެޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާގެ ތިން ލަނޑުވެސް ކާމިޔާބުކޮށްދީ، މެސީ ވަނީ ތާރީޚީ ހެޓްރިކެއް ހަދާފައެވެ.

އުމުރުން 38 އަހަރުގެ ކެޕްޓަން މެސީ މި މެޗަށް ނުކުތީ ރެކޯޑް ހަވަނަ ވޯލްޑް ކަޕެއްގައި ބައިވެރިވެ، އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅޭ 200 ވަނަ މެޗުގެ ޝަރަފާއެކުގައެވެ. މި ހެޓްރިކާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި މިރޮސްލާވް ކްލޯސާގެ ރެކޯޑާ (16 ލަނޑު) އަރާ ހަމަކޮށްފައެވެ.

މެޗުގެ 17 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މެސީ ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގައި، 60 ވަނަ މިނެޓުގައި އެލެކްސިސް މެކް އެލިސްޓަރ ފޮނުވާލި ހަމަލާއެއް އަލްޖީރިއާގެ ކީޕަރު ލޫކާ ޒިދާން އަތުގައި ޖެހިފައި ނުކުތް ވަގުތު މެސީ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި އޭނާ ވަނީ ތާރީޚީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

Advertisement

Advertisement 1

މި ކާމިޔާބީއާއެކު މެސީ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފިޔަވައި، ތަފާތު ފަސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެ އިތުރުން އޭނާ އަކީ އާޖެންޓީނާގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ދޮށީ ކުޅުންތެރިޔާގެ އިތުރުން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑްވެސް އޮތް ކުޅުންތެރިޔާއެވެ.

މެޗުގައި އާޖެންޓީނާގެ މެދުތެރެއިން މެކް އެލިސްޓަރާއި ރޮޑްރިގޯ ޑި ޕޯލް މޮޅު ކުޅުމެއް ދެއްކިއިރު، އޮޓަމެންޑީ އިސްވެ ހުރެ ކުރި ދިފާއީ މަސައްކަތުން އަލްޖީރިއާއަށް މާ ބޮޑު ފުރުސަތުތަކެއް ނުލިބުނެވެ. މި މޮޅާއެކު އާޖެންޓީނާ މިހާރު އޮތީ ގްރޫޕް ޖޭގެ އެއްވަނައިގައެވެ.

2022 ވަނަ އަހަރު ގަތަރުގައި އާޖެންޓީނާއަށް ތަށި ހޯދައިދިން މެސީ، މި މުބާރާތުގެ ފުރަތަމަ މެޗުން ދެއްކި މި ކުޅުމުން އޭނާގެ ފިޓްނަސްއާ މެދު ސުވާލު އުފެއްދި ފަރާތްތަކަށް ވަނީ ވަރުގަދަ ޖަވާބެއް ދީފައެވެ.

ލިއޮނެލް މެސީއާޖެންޓީނާފީފާ ވޯލްޑް ކަޕް
Ad
Ad

3 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

މެސީ

5 ގަޑިއިރު ކުރިން - 08:49

ކޮބާތަ ރޮނާލްޑޯ ސަޕޯޓަރުން؟ ހަބަރެއް ނެތޭ އެބައިމީހުންގެ

ސައިމާ ހަސަން

5 ގަޑިއިރު ކުރިން - 08:48

ތަށި ލިބުނީތަ؟ މިއީ ބޮޑުވަރު ހަބަރެއް ލިޔުނަސް. ހުލާސާ މިއީ އާޖެންޓީނާ ބައެއް ހިންގާ ނޫހެއް

ގުޅޭ ޚަބަރުތައް

އާޖެންޓީނާއިން ފުރަތަމަ މެޗުގައިވެސް މިދިނީ ވޯލްޑް ކަޕުގެ ތަށި ދިފާއުކުރާނެކަމުގެ އިންޒާރު!

އާޖެންޓީނާއިން ފުރަތަމަ މެޗުގައިވެސް މިދިނީ ތަށި ދިފާއުކުރާނެކަމުގެ އިންޒާރު!

5 ގަޑިއިރު ކުރިން - 08:42

އާޖެންޓީނާ އާއި ބްރެޒިލްގެ ސަޕޯޓަރުން މާޔޫސްކޮށްލުމަށްފަހު އެމްބާޕޭގެ ދެ ގޯލާއެކު ފްރާންސް މޮޅުވެއްޖެ

ވާދަވެރިން މާޔޫސްކޮށްލުމަށްފަހު އެމްބާލޭ ދެ ގޯލާއެކު ފްރާންސް މޮޅުވެއްޖެ

8 ގަޑިއިރު ކުރިން - 05:49

މެސީ އާއި ރޮނާލްޑޯގެ ފަހު ކުރިމަތިލުން: ވޯލްޑް ކަޕްގެ ތެރެއިން ތާރީހީ މެޗެއް ފެނިދާނެބާ؟

މެސީ އާއި ރޮނާލްޑޯގެ ފަހު ކުރިމަތިލުން މި ވޯލްޑް ކަޕުގައި ފެނިދާނެބާ؟

17 ގަޑިއިރު ކުރިން - 20:35

ވޯލްޑް ކަޕް: ރޭ ކުޅުނު ހުރިހާ މެޗެއް އެއްވަރުވެ، ގްރޫޕްތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ

ރޭ ކުޅުނު ހުރިހާ މެޗެއް އެއްވަރުވެ، ގްރޫޕްތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ

1 ދުވަސް ކުރިން - 12:14

މުބާރާތުގައި އަލަށް ވާދަކުރާ ކޭޕް ވާޑުން ސްޕެއިން ހައިރާންކޮށްލައިފި

މުބާރާތުގައި އަލަށް ވާދަކުރާ ކޭޕް ވާޑުން ސްޕެއިން ހައިރާންކޮށްލައިފި

1 ދުވަސް ކުރިން - 00:15

ކިއުރަސާއޯއާ 7-1 އިން ބަލިކޮށް ޖަރުމަނުން، ބްރެޒިލްގެ ހިތްދަތި ހަނދާންތައް އާކޮށްފި

7-1 އިން މޮޅުވެ ޖަރުމަނުން ބްރެޒިލްގެ ހިތްދަތި ހަނދާންތައް އާކޮށްފި

2 ދުވަސް ކުރިން - 00:03