Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޯލްޑް ކަޕް: ރޭ ކުޅުނު ހުރިހާ މެޗެއް އެއްވަރުވެ، ގްރޫޕްތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ

ވޯލްޑް ކަޕް: ރޭ ކުޅުނު ހުރިހާ މެޗެއް އެއްވަރުވެ، ގްރޫޕްތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
51 ދުވަސް ކުރިން - 16 ޖޫން 2026 12:14
ބެލްޖިއަމް އާއި އީޖިޕްޓް ބައްދަލުކުރި މެޗުގެ ތެރެއިން---
ބެލްޖިއަމް އާއި އީޖިޕްޓް ބައްދަލުކުރި މެޗުގެ ތެރެއިން---
ޚުލާސާ

ސްޕެއިން އަދި ކޭޕް ވާޑްގެ މެޗު ނިމުނީ 0-0 އިން. އެ ގުރޫޕުގައި ހިމެނޭ ސައުދީއާއި އުރުގުއޭ މެޗު ނިމުނީ 1-1- އިން. ގްރޫޕް ޖީގައި ހިމެނޭ ބެލްޖިއަމް އަދި އީޖިޕްޓް މެޗު ނިމުނީ 1-1 އިން. އެ ގްރޫޕުގަި ހިމެނޭ އީރާނާއި ނިއުޒިލޭންޑް މެޗު ނިމުނީ 2-2އިން.

ފީފާ ވޯލްޑް ކަޕްގައި ރޭ ކުޅުނު ހަތަރު މެޗުވެސް އެއްވަރުވެ، ގްރޫޕް 'ޖީ' އަދި 'އެޗް' ގެ ޓީމުތަކުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ. މިއީ މި މުބާރާތުގެ ފޯރި ގަދަވެ، ގިނަ ޓީމުތަކަކަށް މޮޅެއް ނުލިބި ޕޮއިންޓް ބަހާލަން ޖެހުނު ހާއްސަ ރެއެކެވެ.

ސްޕެއިން އަދި ކޭޕް ވާޑް: (ގްރޫޕް އެޗް):

ގްރޭޕް އެޗްގައި ރޭ 21:00 ގައި އެންމެ ފުރަތަމަ ކުޅުނީ މި މެޗެވެ. ވަރުގަދަ ސްޕެއިން ވަނީ ކޭޕް ވާޑްއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. ސްޕެއިނުން މެޗުގެ ބޮޑު ބައެއްގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ކޭޕް ވާޑްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިއީ ކޭޕް ވާޑް ފަދަ ކުޑަ ގައުމަކުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު އަތުން ހޯދި ތާރީހީ ޕޮއިންޓެކެވެ.

Advertisement

Advertisement 1

ބެލްޖިއަމް އަދި އީޖިޕްޓް (ގްރޫޕް ޖީ):

ރޭ ރާއްޖެ ގަޑިން 00:00 ގައި ކުޅުނު ގްރޫޕް 'ޖީ' ގެ ފުރަތަމަ މެޗުގައި ބެލްޖިއަމާއި އީޖިޕްޓް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތަކުން އީޖިޕްޓަށް ލީޑު ނަގައިދިނީ އީ. އަޝޫރެވެ. ނަމަވެސް މެޗުގެ 66 ވަނަ މިނެޓުގައި މުހައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ލަނޑަކުން ބެލްޖިއަމް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ސައުދީ އަރަބިއްޔާ އަދި އުރުގުއޭ (ގްރޫޕް އެޗް):

ގްރޫޕް 'އެޗް' ގައި ސައުދީ އަރަބިއްޔާ އިން ވަނީ ވަރުގަދަ އުރުގުއޭ ހައިރާންކޮށްލާފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި އޭ. އަލް-އަމްރީ ޖަހައިދިން ލަނޑާއެކު ސައުދީން ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެގެންނެވެ. އެހެންނަމަވެސް، މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އެމް. އަރައުޖޯ ވަނީ އުރުގުއޭއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗު ކުޅުނީ ދަންވަރު 03:00 ގައެވެ.

އީރާން އަދި ނިއުޒީލަންޑް (ގްރޫޕް ޖީ):

މިއަދު އެންމެ ހެނދުނު 06:00 ޖެހި އިރު ފެށި ދިވެހި ސަޕޯޓަރުންގެ މެދުގައި ދެވަނަ ޓީމެއްގެ ގޮތުގައި ބޮޑު މަގްބޫލުކަމެއް އޮންނަ އީރާނާއި ނިއުޒީލަންޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ނިއުޒީލަންޑުން ދެ ފަހަރަށް ލީޑު ނެގި ނަމަވެސް، އީރާނުން ވަނީ ހިތްވަރާއެކު ކުޅެ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އީރާނުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާރް. ރެޒާ އިއާން އަދި އެމް. މުހައްބީއެވެ.

ރޭގެ ނަތީޖާތަކާއެކު ގޯލް ތަފާތާއެކު ގްރޫޕް ޖީގެ އެއްވަނައިގައި އޮތީ އީރާނާއި ނިއުޒީލަންޑެވެ.

ފީފާ ވޯލްޑް ކަޕްސްޕެއިންކޭޕް ވާޑުބެލްޖިއަމްއިޖިޕްޓްސައޫދީ އަރަބިއާއުރުގުއޭއީރާންނިއުޒީލޭންޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

5 ގަޑިއިރު ކުރިން - 04:33

ނަގަން އުޅުނު ކޮންޓްރޯލް އެމެރިކާއަށް ގެއްލި، އީރާނުން ހުރްމުޒްގެ “ރަސްކަން” އަތުލައިފި

ނަގަން އުޅުނު ކޮންޓްރޯލް އެމެރިކާއަށް ގެއްލި، އީރާނުން ހުރްމުޒްގެ “ރަސްކަން” އަތުލައިފި

19 ގަޑިއިރު ކުރިން - 14:36

އީރާނު މިސައިލުގެ ގާބިލްކަމުން ސުޕަޕަވަރުގެ ނިދި ނަގާލައިފި

އީރާނު މިސައިލުގެ ގާބިލްކަމުން ސުޕަޕަވަރުގެ ނިދި ނަގާލައިފި

2 ދުވަސް ކުރިން - 09:34

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުންދީފި

2 ދުވަސް ކުރިން - 13:10

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

3 ދުވަސް ކުރިން - 10:26

މިސްރަށް ބިންހެލުމެއް އައިސްފި

މިސްރަށް ބިންހެލުމެއް އައިސްފި

4 ދުވަސް ކުރިން - 09:36