ސީޕީގެ އިސްތިއުފާއަށް ފައްޔާޒު ގޮވާލައިފި

ِޝާނިފް | 418 ދުވަސް ކުރިން - 27 އޯގަސްޓް 2024 01:29
އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާޢީލް
ޚުލާސާ

ފައްޔާޒު މިފަދައިން ގޮވާލައިފައިވަނީ ބީއެމްއެލްގެ ކާޑު ތަކުން ޑޮލަރުގެ މުއާމަލާތްތަކަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ބަޣާވާތަކަށް އެކި ފަރާތްތަކުން ގޮވާލާފައިވާތީ ފުލުހުން އެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައި

ފުލުހުންގެ މުއައްސަސާއަކީ މިނިވަން މުއައްސަސާއެއް ކަމަށާއި އާއްމުންގެ އިތުބާރު ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ނިމިދިޔަ ސަރުކާރުން ކޮށްފައި ވީ ނަމަވެސް، ހޯމަ ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނުގެ ސަބަބުން އެ އިތުބާރު ގެއްލެން މަގުފަހި ވެފައިވާ ކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕޮލިސް، ސުޖާއުގެ އިސްތިއުފާއަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ގޮވާލައިފިއެވެ..

ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލުމަށް އިއުލާން ކުރުމާ ގުޅުވައި ބަޣާވާތް ކުރަން އުޅުނު ކަމަށް އިދިކޮޅަށް ތުހުމަތު ކޮށް، ފުލުހުން އެ މައްސަލަ ބަލަން ނިންމުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފައްޔާޒު މިފަދައިން ގޮވާލާފައިވާއިރު އެފަދަ ނިންމުމެއް ބީއެމްއެލްއިން ނިންމަވާފައިވަނީ ފައްޔާޒުއާއި އަދި އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިއްބަވާ ގިނަ ބޭފުޅުންތަކެއް އެ ބޭންކާއި ގުޅިގެން ހިންގި "މާލީ ބަޣާވާތެއް"ގެ ގޮތުގައި ރާއްޖޭގެ ގިނަ ބަޔަކު ދަނީ ސިފަކޮށް އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަށް ބެލުމަށް މީސްމީޑިއާގައި ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އާދިއްތަ ދުވަހު ހެދުނު ސަރުކާރަށް ބީރު ކަންފަތެއް ދީ ބީއެމްއެލްއިން ވަނީ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ޑޮލަރުގެ މުޢާމަލާތް ނުކުރެވޭ ގޮތް ހަދައި ކުރެޑިޓް ކާޑުތަކުގެ ލިމިޓު 750 އިން 100 ޑޮލަށް ކުޑަކޮށްފައެވެ. މިފަދަ ނިންމުމެއް ނިންމަވާފައިވަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ކުރީ ބައިގައި އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެދުވަހު މެންދުރުގެ ވަގުތެއްގައި އެ ބޭންކުގެ އިސްވެރިންނާ ބައްދަލުކޮށް އެ ނިންމުން އަނބުރާ ގެންދެވުމަށް ބާރުއަޅުއްވާފައެވެ. ބީއެމްއެލްގެ އެ ކުއްލި ނިންމެވުން އަނބުރާ ގެންގޮސްފައިވަނީ އެ ބޭންކުގެ އެތައް ހާސް ކަސްޓަމަރުންނެއް މީސްމީޑިއާގައި އެކަމާ ދެކޮޅަށް ޝުޢޫރު ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގައި އެ ދުވަހުގެ ހަވީރުގެ ވަޤުތެއްގައެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކޮށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ސަރުކާރަށް ވާރުތަވި ދަރަނި ހުއްޖަތަކަށް ހެދުމަށް ފަހު، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ނުލިބުމާއި ކުދި ވިޔަފާރިތަކަށް ދަތިވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅު ކުރަށްވާ ކަމެއް ނޫން ކަމަށާއި، ބީއެމްއެލްއިން އެފަދަ ގޮތަކަށް އަމަލު ކުރީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެކަމުގައި އެގޮތަށް އަމަލު ނުކުރައްވަން އަންގާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ހަމައެއާއެކު އޮންލައިން ޓްރާންސެކްޝަން ހަދާ ފަރާތްތަކަށް ބީއެމްއެލްގެ ކާޑުތަކުގައި ލިމިޓު ކަނޑައެޅުމަކީވެސް ރައީސް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް މިނިސްޓަރ ސައީދު ވަނީ ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%