Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު ބަލައިފިންތަ؟ ޚުލާސާއިން ބެލިއިރު މިއަދުވެސް ހުރީ 20 ރުފިޔާގައި

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު ބަލައިފިންތަ؟ ޚުލާސާއިން ބެލިއިރު މިއަދުވެސް ހުރީ 20 ރުފިޔާގައި

އައިޝަތު ރުވާ ރިފްޢަތު
9 ގަޑިއިރު ކުރިން - 13 ޖޫން 2026 14:31
މަސް މާރުކޭޓުގައި މަސްތަކެއް ބާސްކެޓުގައި. / ފޮޓޯ: ޚުލާސާ
މަސް މާރުކޭޓުގައި މަސްތަކެއް ބާސްކެޓުގައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުން ފެށިގެން ކަޅުބިލަމަސް ކިލޯއެއްގެ އަގު ވަނީ 20 ރުފިޔާގައި ހިފެހެއްޓިފައި. ބޮޑު ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާގެ މަގުން.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކަށް ބަލާއިރު، މިއަދުވެސް އެ ކުންފުނީގެ ހުރިހާ ސެންޓަރަކުން ކަޅުބިލަމަސް ގަންނަމުންދަނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ.

މިފްކޯއިން ކޮންމެ ދުވަހަކު އާންމުކުރާ އަގުތަކުގެ ލިސްޓުން އެނގޭ ގޮތުގައި، މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުން ފެށިގެން ކަޅުބިލަމަސް ކިލޯއެއްގެ އަގު ވަނީ 20 ރުފިޔާގައި ހިފެހެއްޓިފައެވެ.. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފެލިވަރު، ކޫއްޑޫ، އައްޑޫ، ތިނަދޫ، ފަރެސްމާތޮޑާ، ދާންދޫ، އަދި ފުވައްމުލަކުގެ ފެކްޓްރީތަކާއި ސެންޓަރުތަކުން ވެސް މިހާރު މަސްވެރިންގެ އަތުން މަސް ގަންނަމުން އަންނަނީ މި އަގުގައެވެ.

ބޮޑު ކަންނެލީގެ އަގުތަކަށް ބަލާއިރު، އާންމުކޮށް ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާގެ މަގުންނެވެ.

Advertisement

Advertisement 1

މިކަމާ ގުޅޭގޮތުން މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވިދާޅުވެފައިވަނީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެހެން ހިފެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފްކޯއިން މިގޮތަށް އަގުތައް ކަނޑައަޅާފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެންނާއި، މަސްވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. ސަރުކާރުގެ މަސް ކުންފުނީގެ އަމާޒަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމެވެ.

މުހައްމަދު އަނަސް (މިފްކޯ ސީއީއޯ)މިފްކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

4 ދުވަސް ކުރިން - 09:03

މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި؛ އަމާޒަކީ ކިލޯއެއް 20 ރުފިޔާއަށް ޖެއްސުން - ސީއީއޯ

މިއަދު މިފްކޯގެ ހުރިހާ ސެންޓަރުތަކުން، ބޯޓުފަހަރުން މަސް ގަންނަ އަގަކީ 18.50ރ.

6 ދުވަސް ކުރިން - 13:26

ތަސައްވުރަކީ މިފްކޯއަށް އިސްލާހީ ބަދަލު ގެނައުން؛ ނަތީޖާ ފެންނާނެ: އަނަސް

ތަސައްވުރަކީ މިފްކޯއަށް އިސްލާހީ ބަދަލު ގެނައުން؛ ނަތީޖާ ފެންނާނެ: އަނަސް

9 ދުވަސް ކުރިން - 16:11

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ މިފްކޯއިން ދޫކޮށްފި

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ ދޫކޮށްފި

11 ދުވަސް ކުރިން - 21:54

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

18 ދުވަސް ކުރިން - 00:42

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭ، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ޝިޔާމް

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭނެ: ޝިޔާމް

24 ދުވަސް ކުރިން - 13:05