ކުރިއަށް އޮތް ތަނުގައި ހުރްމުޒް ކަނޑުއޮޅީގެ މެނޭޖްމަންޓް ބަދަލުވާނެ ކަމަށާއި، "ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް އެނބުރި ނުދާނެ" ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް ޢަރާޤްޗީ ވިދާޅުވިއެވެ.
ޢަރާޤްޗީ ވިދާޅުވީ މި މުހިއްމު ޝިޕިން ރޫޓް ހިންގުމާ ގުޅޭ ގޮތުން އީރާނާއި އޮމާނުން ވަރަށް އަވަހަށް ޖޮއިންޓް ބަޔާނެއް ނެރޭނެ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކަނޑުއޮޅީގެ މައްޗަށް އިސްތިގުލާލު ނިސްބަތްވަނީ އީރާނާއި އޮމާނަށެވެ.
މީގެ އިތުރުން އުޅަނދުތައް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތް އީރާނުން ކަށަވަރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ..
ޢަރާޤްޗީ ވިދާޅުވީ އެމެރިކާ އާއި އީރާނުގެ ދެމެދުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންސިން އެއްގައި ސޮއި ކޮށްފި ނަމަ އީރާނުގެ ފްރީޒްކޮށްފައިވާ އެސެޓްތައް ދޫކޮށްލަން ޖެހޭނެ ކަމަށާއި، ހުރްމުޒް ސަރަޙައްދުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލާނީ ލުބުނާނުގައި ހިންގަމުންދާ ހަނގުރާމަ ވެސް ހުއްޓުވައިލުމުންނެވެ.









