Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ އިގްތިސާދު އައު ހަރުފަތަކަށް: އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

ރާއްޖޭގެ އިގްތިސާދު އައު ހަރުފަތަކަށް: އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

އައިޝަތު ރުވާ ރިފްޢަތު
13 ގަޑިއިރު ކުރިން - 8 ޖޫން 2026 09:09
ބޭންކް އޮފް މޯލްޑިވްސް ކަސްޓަމަރ ސަރވިސް ސެންޓަރ. / ފޮޓޯ: ޚުލާސާ
ބޭންކް އޮފް މޯލްޑިވްސް ކަސްޓަމަރ ސަރވިސް ސެންޓަރ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ ސަރުކާރުން އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅައި، ދަރަނި އަދާކުރުމާ ގުޅިގެން ރާއްޖޭގެ ސޮވަރިން ރޭޓިންގް މަތިވުމާއެކު ލިބުނު ކުރިއެރުމެއް.. މީގެން ދޭހަވަނީ ބޭންކުގެ ރައުސްމާލު ވަރުގަދަކަމާއި، ގައުމުގެ މާލީ ނިޒާމަށް ބައިނަލްއަގުވާމީ އިދާރާތަކުގެ އިތުބާރު އޮތްކަމެއް.

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ މާލީ ވަރުގަދަކަމާއި، މާކެޓުގައި އޮތް އިސް މަގާމުގެ އިތުރުން ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ ފިޗް ރޭޓިންގްސް އިން އެ ބޭންކަށް މުހިންމު ކްރެޑިޓް ރޭޓިންގްއެއް ދީފިއެވެ.

ފިޗުން ބީ.އެމް.އެލްގެ ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް ކަނޑައަޅާފައިވަނީ 'ސީސީސީ-' ގައެވެ. އަދި ބޭންކުގެ ކުރިމަގު ނުވަތަ އައުޓްލުކް 'ސްޓޭބަލް' އެއްވަރެއްގައި ހިފެހެއްޓިފައިވާ ހާލަތެއްގައިވާ ކަމަށް އެ އެޖެންސީން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު 'ސީސީސީ+' ގައި ކަނޑައަޅާފައިވާއިރު، މިއީ ދައުލަތުގެ ސޮވަރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ. މިއީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަވެފައިވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.

މި ރޭޓިންގް ދީފައިވަނީ، އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވަރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. ރާއްޖޭގެ ރޭޓިންގް މަތިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފެށި އިސްލާހީ މަސައްކަތްތަކާއި، ބޭރު ފައިސާގެ ގާނޫނަށް ގެނައި ހަރުދަނާ ބަދަލުތައް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

Advertisement

Advertisement 1

ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ މި ރޭޓިންގްތައް ބަލައިގަތުމަކީ ސަރުކާރުން އަޅަމުންދާ އިގުތިސާދީ ފިޔަވަޅުތަކާއި މާލީ ނިޒާމަށް ގެންނަ ހަރުދަނާ ބަދަލުތަކަށް ލިބުނު ބޮޑު އިތުބާރެކެވެ. ފިޗުން ވަނީ ދިވެހި ބޭންކިންގް ދާއިރާގައި ބީއެމްއެލްގެ އޮތް ބޮޑު ހިއްސާއާއި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭ ފުޅާ ޚިދުމަތްތައް ފާހަގަކޮށްފައެވެ. މުޅި ރާއްޖެއަށް ފެތުރިފައިވާ ނެޓްވޯކަކާއި ޒަމާނީ ޑިޖިޓަލް ބޭންކިންގް ވަސީލަތްތައް މެދުވެރިކޮށް، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މެދުނުކެނޑި ޚިދުމަތް ދިނުމުގައި ބީއެމްއެލް އިން އަންނަނީ ލާމަސީލު ދައުރެއް އަދާކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ބީ.އެމް.އެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ފިޗްގެ މި ވަޒަންކުރުމަކީ ބޭންކުގެ މާކެޓް ލީޑަރޝިޕާއި، މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާތަކުގެ އަގުވަޒަންކުރުމެއް ކަމަށެވެ. އަދި ކުދި ޖަޒީރާ ގައުމެއްގެ އިގުތިސާދުގައި ހުރި ގޮންޖެހުންތަކާއެކުވެސް، ބޭންކުގެ ރައުސްމާލު ވަރުގަދަކޮށް ހިފެހެއްޓުމަށް ކުރާ މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޭންކުގެ ރޭޓިންގް ވަރުގަދަވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ ބޭންކުގެ ރައުސްމާލު ވަރުގަދަވުމެވެ. މިއީ ބޭންކުގެ އަމިއްލަ ހިންގުމުގެ ތެރެއިން ރައުސްމާލު އިތުރުކުރުމުގެ ގާބިލުކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކުގެ ނަތީޖާއެވެ.

ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމަށާއި ދިގު މުއްދަތުގެ ކުރިއެރުމަށް ގައުމީ ބޭންކުގެ ދައުރު މުހިންމުވެފައިވާއިރު، ބީއެމްއެލްއަށް ލިބުނު މި ރޭޓިންގްއަކީ މުޅި ރާއްޖޭގެ މާލީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ފިޗް ރޭޓިންގްބީއެމްއެލް
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

3 ދުވަސް ކުރިން - 04:34

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

4 ދުވަސް ކުރިން - 07:30

ސަރުކާރުން މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

5 ދުވަސް ކުރިން - 20:42

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

5 ދުވަސް ކުރިން - 20:30

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

7 ދުވަސް ކުރިން - 13:39

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި

ބީއެމްއެލްއިން ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި

25 ދުވަސް ކުރިން - 16:37