އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެއެވެ. އީރާނުން ވަނީ މިރޭ އިޒުރޭލަށް މިސައިލުން ހަމަލާ ދީފައެވެވެ. އެހެންނަމަވެސް އޭގެ ރައްދުގައި ތެހެރާނަށް ހަމަލާ ދިނުމަށް ޓެލްއަވީވް ވަނީ ޖެހިލުން ވެފައެވެ، ރައްދު ހަމަލާ ދިނުމަށް އިޒުރޭލުން ޖެހިލުން ވެއްޖެ ކަން އެނގުނީ، އީރާނަށް ރައްދު ހަމަލާ ދޭނީ އެމެރިކާ އިން އެކަމަށް ފެހި ސިގުނަލް ލިބުމުން ކަމަށް އައިޑީއެފުން ބުނުމުންނެވެ.
މާނަ އަކީ ތިމަންނާމެންނަށް އީރާނަށް ހަމަލާ ދޭން ކެރޭނީ އެމެރިކާ އިން ތިމަންނަމެން ސަލާމަތްކޮށްދޭނެކަން ޔަގީން ވުމުންނެވެ.
އައިޑީއެފްގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ޑރ. އީޔަލް ޒަމީރު ބުނީ އިރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާގެ ބަދަލުގައި މާ ވަރުގަދަ ރައްދެއް އީރާނަށް ދިނުމަށް އައިޑީއެފް ތައްޔާރަށް އޮތް ކަމަށެވެ
"އަމުރު ދިންހާ އަވަހަކަށް އައިޑީއެފް އިން އަޒުމާއެކު ދުޝްމަނުންނަށް ހަމަލާދޭނެ،" ޒާމިރު ވިދާޅުވި އެވެ.









