އިސް ޢިމާރާތްތަކުގައި އަލިފާނުގެ ހާދިސާ އެއް ހިނގުމުން އެމަޖެންސީގައި ބޭނުންކުރާ އެޑްވާންސްޑް ފަޔަރފައިޓިން ޑްރޯންތަކެއް ޗައިނާ އިން ދައްކާލައިފި އެވެ.

މި ޚާއްސަ އަލިފާން ނިއްވާ ޑްރޯންތަކުން 100 މީޓަރަށް ނުވަތަ 33 މީޓަރުގެ އުސްމިނަށް ހަލުވިކަމާއެކު ދަތުރުކޮށް، ސީދާ އަލިފާންގަނޑަށް މައްޗަށް ފެން ނުވަތަ އަލިފާން ނިއްވާ ފޯމް ސްޕްރޭ ކުރެވޭނެ ކަމަށާއި މި ޓެކްނޮލޮޖީގެ ބޭނުމަކީ އުސް އިމާރާތްތަކުގެ މަތީ ބުރިތަކަށް ފަސޭހައިން ނުވަދެވޭ ވަގުތުތަކުގައި ފަޔާ ފައިޓަރުންނަށް އެހީތެރިވުން ކަމަށް ޗައިނާ އިން ބުނެއެވެ.

ޗައިނާގައި ދޭތެރެދޭތެރެއިން ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާކަން ފާހަގަ ކުރެވެއެވެ މި ފަހުން ހޫނާން ޕްރޮވިންސްގެ ލިއުޔަންގްގައި ހުންނަ ފަޔަރވޯކްސް ފެކްޓްރީއެއްގައި ވެސް ރޯވެ 26 މީހުން މަރުވެ 60 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.