Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކުގެ ވީޑިއޯ އާންމުކޮށްފި

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކުގެ ވީޑިއޯ އާންމުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
6 ގަޑިއިރު ކުރިން - 3 ޖޫން 2026 15:24
އީރާނުން ފޮނުވާލި ހަމަލާތަކުގެ ފޮޓޯއެއް---
އީރާނުން ފޮނުވާލި ހަމަލާތަކުގެ ފޮޓޯއެއް---
ޚުލާސާ

މި ހަމަލާތަކާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައިވާއިރު، އެމެރިކާއިން ބުނީ މިއީ އަމިއްލަ ދިފާއުގައި ދިން ރައްދެއް ކަމަށް. ނަމަވެސް އީރާނުން އެމެރިކާ ސިފަކުރަނީ ކުޑަކުދިން މަރާ ޓެރަރިސްޓުންގެ ގޮތުގަ.

އީރާނުގެ ސަރުކާރާ ގުޅުން އޮންނަ ތަސްނީމް ނިއުސް އެޖެންސީން، މެދުއިރުމަތީގައި ގާއިމުވެފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއްގެ ވީޑިއޯ ފްުޓޭޖް އާންމުކޮށްފިއެވެ.

ރޭގަނޑުގެ ވަގުތެއްގައި ކޮށްފައިވާ މި ރެކޯޑިންތަކުން ފެންނަނީ ގިނަ އަދަދެއްގެ ބޮޑެތި މިސައިލްތަކާއި އަދި ހަމަލާދޭ ޑްރޯންތައް ފޮނުވާލާ މަންޒަރެވެ. ތަސްނީމް އެޖެންސީން ބުނެފައިވާ ގޮތުގައި މިއީ އެމެރިކާގެ އަސްކަރިއްޔާއިން ކުރިން ހިންގި "އުދުވާނީ އަމަލުތަކަށް" ރައްދު ދިނުމުގެ ގޮތުން ދީފައިވާ ހަމަލާތަކެކެވެ.

މި ހަމަލާތަކާ ގުޅޭގޮތުން ތަސްނީމް އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އީރާނުގެ މިސައިލްތަކާއި ޑްރޯންތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ އަސްކަރި ފްލީޓަށާއި، ވައިގެ ބަނދަރަކަށް އަދި ހެލިކޮޕްޓަރު މަރުކަޒަކަށެވެ. ތަސްނީމް އިން ވަނީ އެމެރިކާގެ އަސްކަރިއްޔާއަކީ "ޓެރަރިސްޓް އަދި ކުޑަކުދިން މަރާ" ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވަނީ، "އަމިއްލަ ދިފާއުގައި" އީރާނުގެ ގޭޝްމް އައިލެންޑްގައި ހުރި ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ހަމަލާދީފައިވާނެ ކަމަށެވެ.

Advertisement

Advertisement 1

އަދި އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ހުއްޓުވުމުގައި ކުވެއިތާއި ބަހްރޭނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށްވެސް އެމެރިކާއިން ބުނެއެވެ. މީގެ އިތުރުން، ކުވެއިތުގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ފޮނުވާލި އިތުރު ޑްރޯންތަކެއްގެ "ރާޅެއް" ހުއްޓުވާފައިވާ ކަމަށާއި، އެ ހަމަލާތަކުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސެންޓްކޮމް އިން ވަނީ ހާމަކޮށްފައެވެ.

އީރާން - އެމެރިކާއެމެރިކާއީރާން ކްރައިސިސް 2026

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެލިފޯނިއާގައި މީހުން ރަހީނުކުރި މީހަކު އެފް.ބީ.އައި އިން ބަޑިޖަހައި މަރާލައިފި

ކެލިފޯނިއާގައި މީހުން ރަހީނުކުރި މީހަކު އެފް.ބީ.އައި އިން ބަޑިޖަހައި މަރާލައިފި

10 މިނެޓު ކުރިން - 22:13

އެމެރިކާގެ ވިސާ ނުލިބުނު ކަމުގައި ވިޔަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

ވިސާ ނުލިބުނަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

57 މިނެޓު ކުރިން - 21:26

ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތަފްސީލް ހާމަކޮށްފި

ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތަފްސީލް ހާމަކޮށްފި

1 ގަޑިއިރު ކުރިން - 21:03

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި: އެކަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެއްޖެ

2 ގަޑިއިރު ކުރިން - 19:57

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

10 ގަޑިއިރު ކުރިން - 11:38

އެމެރިކާގައި ތެލުގެ އަގު 42 އިންސައްތައަށް އުފުލިއްޖެ

އެމެރިކާގައި ތެލުގެ އަގު 42 އިންސައްތައަށް އުފުލިއްޖެ

18 ގަޑިއިރު ކުރިން - 04:09