Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހައްޖާއި އުމްރާގެ މަކަރާއި ހީލަތުން މުސްލިމުން ރައްކާތެރިކުރުމަށް ނިއުޔޯކް ސިޓީން ބިލެއް ފާސްކޮށްފި

ހައްޖާއި އުމްރާގެ މަކަރާއި ހީލަތުން މުސްލިމުން ރައްކާތެރިކުރުމަށް ނިއުޔޯކް ސިޓީން ބިލެއް ފާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
50 ދުވަސް ކުރިން - 25 މެއި 2026 15:20
ބަޔަކު ހައްޖުގެ މަތިވެރި އަޅުކަމުގައި---
ބަޔަކު ހައްޖުގެ މަތިވެރި އަޅުކަމުގައި---
ޚުލާސާ

މި ބިލު ފާސްކުރުމަށް ބާރުލިބުނު އެއް ސަބަބަކީ 2017 ވަނަ އަހަރު ބްރޫކްލިންގައި ހިނގި ބޮޑު މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން.

އެމެރިކާގެ ނިއުޔޯކް ސިޓީގައި ދިރިއުޅޭ މުސްލިމުން ހައްޖާއި އުމްރާގެ މުގައްދަސް އަޅުކަމަށް ދާއިރު، އެކި ކަހަލަ މަކަރާއި ހީލަތްތަކުން އެމީހުން ރައްކާތެރިކުރުމަށްޓަކައި ހާއްސަ ބިލެއް އެ ސިޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.

މިއީ މިފަދަ ގޮތަކަށް މުސްލިމް ހައްޖުވެރިންގެ ހައްގުގައި ފާސްކުރެވުނު ފުރަތަމަ ބިލެވެ. މި ބިލުގެ މައިގަނޑު މަގްސަދަކީ ހައްޖާއި އުމްރާގެ ދަތުރުތަކާ ގުޅޭގޮތުން ހިންގާ އޮޅުވާލުންތަކާއި، ފޭކު ވިސާ އެޖެންޓުންނާއި، ނުބައި ޓްރެވަލް އެޖެންސީތަކުން އާންމުން، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ހޭލުންތެރިކުރުވައި ރައްކާތެރިކުރުމެވެ.

މި ބިލު ހުށަހެޅުއްވީ ނިއުޔޯކް ސިޓީ ކައުންސިލްގެ މެންބަރު ޔޫސުފް ސަލާމް އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ގިނަ އަހަރުތަކެއް ވަންދެން ފައިސާ އެއްކޮށްގެން މި މުގައްދަސް އަޅުކަމަށް ތައްޔާރުވާ މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. "ދީނީ އަޅުކަންތައް ފުރިހަމަކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް. މި ބިލުގެ ސަބަބުން މަކަރުވެރިންގެ ކިބައިން މުސްލިމުން ސަލާމަތްވެ، އެމީހުންގެ ދީނީ ވާޖިބު އަދާކުރުމަށް މަގުފަހިވާނެ،" ޔޫސުފް ސަލާމް ވިދާޅުވި އެވެ.

Advertisement

Advertisement 1

މި ގާނޫނުގެ ދަށުން، ނިއުޔޯކުގެ ކޮންސިއުމާ އެންޑް ވޯކާ ޕްރޮޓެކްޝަން ކޮމިޝަނަރުގެ އިރުޝާދުގެ ދަށުން، ތަފާތު ބަސްބަހުން ތައްޔާރުކުރެވިފައިވާ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދޭންޖެހޭނެ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނާއި، އިމިގްރޭޝަން އޮފީސް އަދި އުމުރުން ދުވަސްވީ މީހުންނާ ބެހޭ އިދާރާތައް ގުޅިގެން މި މައުލޫމާތުތައް ފެތުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ. ކޮންމެ އަހަރަކު މިލިއަނުން މީހުން ސައުދީ އަރަބިއްޔާއަށް މި އަޅުކަމަށް ދާއިރު، މީގެ ތެރޭގައި އެމެރިކާއިންދާ ގިނަ އަދަދެއްގެ މުސްލިމުން ހިމެނެ އެވެ. ހައްޖު ދަތުރަކަށް އާންމުކޮށް 9،000 އާއި 15،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާއިރު، ގިނަ ބަޔަކު މި ފައިސާ އެއްކުރަނީ މުޅި އުމުރު ދުވަހުގެ މަސައްކަތުންނެވެ.

މި ބިލު ފާސްކުރުމަށް ބާރުލިބުނު އެއް ސަބަބަކީ 2017 ވަނަ އަހަރު ބްރޫކްލިންގައި ހިނގި ބޮޑު މަކަރާއި ހީލަތުގެ މައްސަލައެކެވެ. އެ ފަހަރު ޖުނައިދު މިރްޒާ ކިޔާ ޓްރެވަލް އެޖެންޓަކު ވަނީ ފޭކު ޕެކޭޖުތައް ވިއްކައިގެން މުސްލިމުންގެ އަތުން 350,000 ޑޮލަރު ފޭރިގެންފަ އެވެ. އޭނާ މިހާރު ދަނީ 6 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

ސައުދީ ސަރުކާރުން 2022 ވަނަ އަހަރުން ފެށިގެން 'ނުސުކް' ނަމަކަށް ކިޔާ އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ވިސާގެ ކަންކަން ހަމަޖައްސަމުންދާއިރު، މި ބިލުން ބާރުއަޅަނީ ރަސްމީ ނިޒާމުގެ ތެރެއިން ދަތުރުގެ ކަންކަން ހަމަޖެއްސުމަށެވެ. މިއީ މުސްލިމުންގެ މާލީ ރައްކާތެރިކަމާއި ދީނީ އަޅުކަން ފުރިހަމަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސްކޭމްނިއު ޔޯކުހައްޖުގެ އަޅުކަން
Ad
Ad

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޝައުޒީނާ

50 ދުވަސް ކުރިން - 16:52

ރާއްޖެއަށްވެސް މީގެ ބިލެއް ބޭނުންވަނީ. އުމްރާގެ ނަމުގަ ބައެއް މީހުން ފެލަމުން ދަނީ އާންމު ރައްޔިތުން.

ގުޅޭ ޚަބަރުތައް

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

41 ދުވަސް ކުރިން - 17:15

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

50 ދުވަސް ކުރިން - 21:40

ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކްރިޕްޓޯ ކަރަންސީއަކީ ބޮޑު ސްކޭމެއް؟

ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކްރިޕްޓޯ ކަރަންސީއަކީ ބޮޑު ސްކޭމެއް؟

66 ދުވަސް ކުރިން - 20:12

އެލައިޑުގެ "އައިފޯން ޑްރޮޕް ގިވްއަވޭ" އާ ގުޅުވައިގެން ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ!

އެލައިޑުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ!

125 ދުވަސް ކުރިން - 21:45

ސްކޭމްތައް ހުއްޓުވުމަށް ދިވެހި ފުލުހުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ސްކޭމްތައް ހުއްޓުވުމަށް ފުލުހުންގެ އޮޕަރޭޝަނެއް

125 ދުވަސް ކުރިން - 21:17

ބަލި މީހުންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމުން މުހިންމު:ފުލުހުން

ބަލި މީހުންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވޭ

126 ދުވަސް ކުރިން - 12:44