Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު
96 ދުވަސް ކުރިން - 25 މެއި 2026 14:27
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ޝިޔާމް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޚުލާސާ
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ޝިޔާމް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިފަދައިން މިނިސްޓަރު ޝިޔާމް ވިދާޅުވީ ޕީއެންސީ އަދި ރައީސް ޑރ، މުއިއްޒުއާ ގުޅޭގޮތުން އަދަދު ނޫހުން ޝާއިއުކުރި ދޮގު ހަބަރަކާ ގުޅިގެން.

'އަދަދު' ނޫހަކީ ނޫހެއްގެ ގޮތުގައި ރެޖިސްޓްރީވެފައި އޮތް ނަމަވެސް، އެ ނޫހުގެ އަމަލުތައް ހުރީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އެ ނޫހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕީ.އެން.ސީގެ އެތެރޭގެ ކަންކަމާ ގުޅޭގޮތުން 'އަދަދު' ނޫހުން ޝާއިއުކުރި ހަބަރަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement

Advertisement 1

ޝިޔާމް ވިދާޅުވީ 'އަދަދު' މިވަނީ ނުބައި މުއައްސަސާއެއްގައި ރެޖިސްޓްރީވެފައި ކަމަށާއި، އެ ނޫސް އަސްލު އޮންނަންޖެހެނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ކަމަށެވެ. އަދި އަދަދު ނޫހުން ހަބަރު ލިޔާނަމަ ފިތުނަ އުފެއްދުން ނޫން ކަމެއް ނުކުރެވޭ ކަމަށާއި، ވާދަވެރި ސިޔާސީ ޕާޓީތަކެކޭ އެ ނޫހެކޭ އެއްވެސް ތަފާތެއް ނެތް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ޕީ.އެން.ސީގެ ހިންގުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިޔާމް ފާހަގަކުރެއްވީ، ޕީ.އެން.ސީ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މެންބަރުން ގިނަ އަދި އެންމެ ބޮޑު ޕާޓީ ކަމަށެވެ. އަދި ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި، ހާއްސަކޮށް ޕާޓީގެ ވެރިކަމެއްގައި ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ޕާޓީ ހިންގާތަން ފެންނަނީ ހަމައެކަނި ޕީ.އެން.ސީން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ރައީސް، ޑރ. މުހައްމަދު މުޢިއްޒުގެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވަމުން ޝިޔާމް ވިދާޅުވީ، ޕާޓީގެ ލީޑަރޝިޕް ބައްދަލުވުމެއްގައި ވިޔަސް އަދި ޕީ.އެން.ސީގެ މެންބަރުން މަޖިލީހުގެ ކަންކަން ނިންމުމަށް ބާއްވާ ބައްދަލުވުމެއްގައި ވިޔަސް، ޕާޓީގެ ރައީސްގެ ނުފޫޒުން ވަކި ގޮތަކަށް ކަމެއް ނިންމަން އެމަނިކުފާނު މަސައްކަތް ކުރެއްވި ތަނެއް ދުވަހަކުވެސް ފެނިފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި، ޕާޓީގެ ހުރިހާ ނިންމުންތަކެއްވެސް ނިންމަނީ އަގުލަބިއްޔަތުން ނުވަތަ އެންމެން އިއްތިފާގުވާ ގޮތަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ މި ރައްދު އައިސްފައިވަނީ ޕީ.އެން.ސީގެ ތެރޭގައި ބައިބައިވުން އުޅޭކަމަށް ދޭހަވާ ގޮތަށް 'އަދަދު' ނޫހުން ފަތުރާފައިވާ ހަބަރަކާ ގުޅިގެންނެވެ.

ސިޔާސީނޫސްވެރިންމިނިސްޓަރު އަހްމަދު ޝިޔާމްރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީ
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޝިޔާނާ

96 ދުވަސް ކުރިން - 14:40

މާ ލަސްވެސް ވެއްޖެ އެމީހުން ތިކަން ކުރަން. ބޮއެހަލާކް

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

4 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

11 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02