Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަކަތައިގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ފޮރިން މިނިސްޓަރު އިންޑިއާއަށް ވަޑައިގެންފި

ހަކަތައިގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ފޮރިން މިނިސްޓަރު އިންޑިއާއަށް ވަޑައިގެންފި

ހުސައިން އިސްމާއިލް
97 ދުވަސް ކުރިން - 23 މެއި 2026 13:21
އެމެރިކާގެ ފޮރިން މިނިސްޓަރު މާކޯ ރުބީއޯ---
އެމެރިކާގެ ފޮރިން މިނިސްޓަރު މާކޯ ރުބީއޯ---
ޚުލާސާ

ބީއޯ ވިދާޅުވީ، އިންޑިއާއިން ބޭނުންވާ މިންވަރަކަށް ހަކަތަ ވިއްކުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި، މިހާރުވެސް އެމެރިކާގެ ހަކަތަ އުފެއްދުމާއި އެކްސްޕޯޓް ހުރީ ތާރީޚީ މިންވަރެއްގައި ކަމަށް.

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ ބޮޑު ކްރައިސިސްއެއް އުފެދިފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބީއޯ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ހޮނިހިރު ދުވަހު އިންޑިއާއަށް ވަޑައިގެންފިއެވެ.

މިއަދު ހެނދުނު އިންޑިއާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ކޮލްކަޓާއަށް ވަޑައިގެންނެވި ރުބިއޯގެ މި ދަތުރުފުޅުގައި ވެރިރަށް ދިއްލީގެ އިތުރުން ޖައިޕޫރާއި އާގްރާއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

މިދިޔަ ފެބުރުވަރީ މަހު އިޒްރޭލާއި އެމެރިކާއިން އީރާނއަށް ދިން ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ތެލުގެ ބާޒާރުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް ހޯރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ހަކަތަ އުފުލުން މުޅިން ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައުމަކީ، އެމެރިކާއާއެކު ކުރިއަށްދާ ނާޒުކު ސުލްހައިގެ ވާހަކަތަކުގައި އީރާނުން ޕްރެޝަރު ކުރުމަށް ބޭނުންކުރާ އުކުޅެކެވެ.

Advertisement

Advertisement 1

އިންޑިއާއަކީ ބޭނުންވާ ހަކަތައިގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް ބޭރު ގައުމުތަކުން އިމްޕޯޓްކުރާ ގައުމެކެވެ. އެހެންކަމުން، 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް މި ގައުމަށް މި ކްރައިސިސްގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމަށް އިޝާރާތް ކުރައްވައި ރުބީއޯ ވިދާޅުވީ، އިންޑިއާއިން ބޭނުންވާ މިންވަރަކަށް ހަކަތަ ވިއްކުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި، މިހާރުވެސް އެމެރިކާގެ ހަކަތަ އުފެއްދުމާއި އެކްސްޕޯޓް ހުރީ ތާރީޚީ މިންވަރެއްގައި ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ތަފާތު ކުޑަކުރުމަށްވެސް މިއީ ލިބޭ ފުރުސަތެކެވެ. 2025 ވަނަ އަހަރު އެމެރިކާގެ މުދަލުގެ ވިޔަފާރީގައި އިންޑިއާއާއެކު 58.2 ބިލިއަން ޑޮލަރުގެ އުނިކަމެއް ހުއްޓެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. މީގެ ކުރިން ޓްރަމްޕް ވަނީ އިންޑިއާއިން 500 ބިލިއަން ޑޮލަރުގެ އެމެރިކާ މުދާ ގަތުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ.

ނަމަވެސް، މިއީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް މުހައްލިލުން ބުނެއެވެ. އެމެރިކާއިން އިންޑިއާއަށް ހަކަތަ ގެންދިއުމަކީ ވަރަށް ދިގު އަދި ޚަރަދު ބޮޑު ދަތުރެކެވެ. އިންޑިއާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރ ވިނީތު ޕްރަކާޝް ވިދާޅުވި ގޮތުގައި، އީރާނުގެ މައްސަލަ އަވަހަށް ހައްލުވާނެ ކަމަށް ނުބެލެވޭތީ، މި ދަތުރުފުޅުގެ އެންމެ މުހިންމު ބަޔަކީ ހަކަތައިގެ ރައްކާތެރިކަމެވެ.

މި ދަތުރުފުޅުގައި ޕާކިސްތާނުގެ މައްސަލައާއި 'ކުއަޑް' ގްރޫޕުގެ މުސްތަގުބަލާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވޭނެއެވެ. މެއި 26 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުއަޑްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރުބީއޯ ބައިވެރިވެވަޑައިގަންނަވާނެއެވެ. އިންޑިއާއިން ބޭނުންވަނީ މި ބައްދަލުވުމުގެ ސަބަބުން އެ ގައުމުގެ ބައިނަލްއަގުވާމީ ނުފޫޒު އިތުރުވެ، ކުރިއަށް އޮތް 'ބްރިކްސް' ސަމިޓުގެ ކުރިން އެމެރިކާއާއެކު އޮތް ގުޅުން ވަރުގަދަ ކުރުމަށެވެ.

އެމެރިކާއީރާން - އެމެރިކާއިންޑިއާނަރެންދްރަ މޯދީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

13 ގަޑިއިރު ކުރިން - 23:23

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

2 ދުވަސް ކުރިން - 23:42

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

3 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

6 ދުވަސް ކުރިން - 18:55

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57