Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 20،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 20،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި

އައިޝަތު ރުވާ ރިފްޢަތު
56 ދުވަސް ކުރިން - 22 މެއި 2026 15:56
މާލެ ސިޓީ ޑަބްލިއުޑީސީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ޑަބްލިއުޑީސީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޚުލާސާ

މިއީ މިދިޔަ ދެ ދުވަސް ތެރޭގައި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ތިންވަނަ ފަހަރު ކަމަށާއި، މިއީ "ފައިނަލް" ނިންމުން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވޭ.

ރާއްޖޭގެ ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސިޓީތަކުގެ ކޮމިޓީ ރައީސުންގެ މުސާރައަކީ 20،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މިއީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މުސާރަ މުރާޖައާކުރުމަށް އެދި ޕޭ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅި އަދަދުތަކެވެ. އަދި މިއީ މިދިޔަ ދެ ދުވަސް ތެރޭގައި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ތިންވަނަ ފަހަރު ކަމަށާއި، މިއީ "ފައިނަލް" ނިންމުން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މުސާރައަށް ގެނައި މި ބަދަލާއެކު، ސިޓީތަކުގެ ކޮމިޓީ ރައީސުންނަށް މަހަކު 20،000 ރުފިޔާ ލިބޭއިރު، ރަށްރަށުގެ ކޮމިޓީ ރައީސުންނަށް ލިބޭނީ މަހަކު 15،000 ރުފިޔާއެވެ. މީގެ ކުރިން ސަރުކާރުން ނިންމާފައި އޮތީ ސިޓީތަކުގެ ރައީސުންނަށް 41،500 ރުފިޔާ ދިނުމަށެވެ. ނަމަވެސް އެ އަދަދު ބޮޑުވުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެއަށްފަހު އެ އަދަދު 33،000 ރުފިޔާއަށް ކުޑަކުރުމަށްފަހު، މިހާރު ވަނީ 20،000 ރުފިޔާއަށް ފައިނަލްކޮށްފަ އެވެ.

Advertisement

Advertisement 1

މުސާރަ މުރާޖައާކޮށް ގެނައި ބަދަލުތަކުގެ ތަފްސީލު:

ސިޓީ ކައުންސިލް ޑަބްލިއުޑީސީ:

ރައީސް: 20،000 ރުފިޔާ (އަސާސީ މުސާރަ އާއި ލިވިން އެލަވަންސާއެކު)

ނައިބު ރައީސް: 7،000 ރުފިޔާ (އަސާސީ މުސާރަ އާއި ލިވިން އެލަވަންސާއެކު)

މެންބަރުން: 6،000 ރުފިޔާ (އަސާސީ މުސާރަ އާއި ލިވިން އެލަވަންސާއެކު)

ރަށު ކައުންސިލް ޑަބްލިއުޑީސީ:

ރައީސް: 15،000 ރުފިޔާ (އަސާސީ މުސާރަ އާއި ލިވިން އެލަވަންސާއެކު)

ނައިބު ރައީސް: 6،000 ރުފިޔާ (އަސާސީ މުސާރަ އާއި ލިވިން އެލަވަންސާއެކު)

މެންބަރުން: 5،000 ރުފިޔާ (އަސާސީ މުސާރަ އާއި ލިވިން އެލަވަންސާއެކު)

މީގެ އިތުރުން، ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެންބަރުންނަށް ލިބޭ ޖުމްލަ މުސާރަ ބިނާވެފައިވަނީ އެ ބޭފުޅުން ބައިވެރިވާ ބައްދަލުވުންތަކުގެ އަދަދަށެވެ. އެގޮތުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ސީޓިން އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ލިބޭނެ އެވެ. ނަމަވެސް، މި އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ދެވޭނީ 2،000 ރުފިޔާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

ފިނޭންސްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްޑަބްލިއުޑީސީ
Ad
Ad

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ހާފިޒް އަލީ

56 ދުވަސް ކުރިން - 16:04

މިއީ ވަރަށް ރަނގަޅު ނިންމުމެއް. އެމީހުންނަށް އެހާ ގިނައިން ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. 40 ހާހުން ދޭން ނިންމުމަކީ ޕޭ ކޮމިޝަނުން އެމީހުން އަމިއްލަ އަށް ހިންގި ޖަރީމާއެއް. އެ ހުރިހާ އެމްޑީޕީ މީހުން ބޭރުކުރަން މުއިއްޒުއަށް ގޮވާލަން

ގުޅޭ ޚަބަރުތައް

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

1 ދުވަސް ކުރިން - 10:27

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

1 ދުވަސް ކުރިން - 10:22

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

4 ދުވަސް ކުރިން - 10:15

ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް: ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއާއެކު އާމްދަނީ 22.4 ބިލިއަނަށް

ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއާއެކު ދައުލަތުގެ އާމްދަނީ 22.4 ބިލިއަނަށް

6 ދުވަސް ކުރިން - 19:16

އެސްޑީއެފް އަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި

އެސްޑީއެފް އަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި

27 ދުވަސް ކުރިން - 16:30

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

30 ދުވަސް ކުރިން - 10:51