ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނަގާ ވޯޓުގެ ބަހުސް އަށް 50 މިނިޓު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީ އިން ނިންމައިފިއެވެ. 

މަޖިލީހުގެ ގަވާއިދުގައި ޖަވާބުދާރީ ވާން ވަކި ވަރަކަށް ވަގުތު ދިނުމަށް ހިމަނާފައެއް ނުވެއެވެ. އެހެންކަމުން ކޮމިޓީގެ މުގައްރިރު ޝާހިދު ވަނީ ނާޒިމް އަށް ޖަވާބުދާރީ ވާން ލިބޭ ދިހަމިނިޓު ބަހުސް ފަށާ އިރު ފަސްމިނިޓު އަދި ބަހުސްގެ މެދުތެރެއިން ފަސްމިނިޓު ދިނުމަށް ނިންމި ދާނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ އާއްމު ކޮމިޓީ އިން ފާސްކުރީ އެ މައްސަލައިގެ ބަހުސްގައި ކޮންމެ މެންބަރަކަށް ތިން މިނިޓުގެ އެއް ފުރުސަތު ދިނުމަށެވެ.