Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭ، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ޝިޔާމް

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭ، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 20 މެއި 2026 13:05
ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް/ ފޮޓޯ: ރައީސް އޮފީސް
ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައްޔިތުންގެ ޓެކްސް ފައިސާއިން މިފްކޯ ހިންގުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި. ޝިޔާމް ވިދާޅުވީ މިހާރު މި ސިނާއަތުގައި ސަބްސިޑީ ދެނީ ހަމައެކަނި ތެލަށްކަމަށް.

މޯލްޑިވްސް ފިޝަރީޒް އެގްރިކަލްޗަރަލް އެންޑް މެރިން ރިސޯސަސް ކަމްޕެނީ (މިފްކޯ) އަކީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނީގެ ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން މިހާރު އެއްވެސް ސަބްސިޑީއެއް ނުދޭކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މިފްކޯ އޮތީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި، މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމެއްގެ ތެރޭގައިކަމަށެވެ. އެހެންކަމުން، މަސްވެރިކަމުގެ ސިނާއަތުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އެންމެ އިސްކަމެއް ދިނީ މިފްކޯގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ މާލިއްޔާއަށް ބުރަ ނުވާނެ ގޮތަކަށް އެ ކުންފުނި ބައްޓަން ކުރުމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ޓެކްސް ފައިސާއިން މިފްކޯ ހިންގުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަން އެގޮތަށް ވެއްޖެނަމަ، ރައްޔިތުންގެ ފައިސާ ބިނާކުރަނިވި އެހެން ކަންކަމަށް ހޭދަކުރުމަށް ހުރަސްއެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

Advertisement 1

މިދިޔަ ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން، މަސް ގަތުމަށްޓަކައި ސަބްސިޑީގެ ގޮތުގައި ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން ސަރުކާރުން މިފްކޯއަށް ފައިސާ ދޭންޖެހުނެވެ. މިއީ އަހަރަކަށް ބަލާއިރު ގާތްގަނޑަކަށް 1.1 ބިލިޔަން ރުފިޔާ ނަމަވެސް، މިހާރު ގެނެވުނު އިސްލާހީ ބަދަލުތަކާއެކު މިފްކޯގެ އޮޕަރޭޝަނަށް ސަބްސިޑީ ދިނުން ހުއްޓާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މި ސިނާއަތުގައި ސަބްސިޑީ ދެނީ ހަމައެކަނި މަސްވެރިންނަށް ދޫކުރާ ތެލަށް. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މަސްވެރިކަމުން އާމްދަނީ ހޯދާ 17,000 އާއިލާއަށް އެހީވުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް". ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިން ނަމަވެސް، މިފްކޯއަށް ތެޔޮ ގަތުމުގައިވެސް ސަރުކާރުން އެއްވެސް އެހީއެއް ނުދޭ ކަމަށެވެ. މިފްކޯއިން ތެޔޮ ގަންނަނީ އެހެން ކުންފުނިތަކެކޭވެސް އެއްފަދައިން އާންމު ރޭޓުގައި ކަމަށާއި، މިއީ ކުންފުނީގެ ހިންގުން ހަރުދަނާވުމުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު މިފްކޯއިން މަސް ގަންނަމުންދަނީ ވާދަވެރި ބާޒާރުގައި މަހުގެ އަގު އަމިއްލައަށް ކަނޑައަޅައިގެން ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.

މިފްކޯމިނިސްޓަރު އަހްމަދު ޝިޔާމްމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

13 ގަޑިއިރު ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

13 ގަޑިއިރު ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

16 ދުވަސް ކުރިން - 16:24

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

16 ދުވަސް ކުރިން - 15:47

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވަނީ

ފިޝަރީސް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވަނީ

19 ދުވަސް ކުރިން - 22:08

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

19 ދުވަސް ކުރިން - 12:32