މިއަދު ބެންކޮކްގެ މެދުތެރޭގައި މުދާ އުފުލާ ރޭލެއް ޕަބްލިކް ބަހަކާއި ޖެހި ހިނގި އެކްސިޑެންޓުގައި 8 މީހަކު މަރުވެ 25 ވަރަކަށް މީހުން ޒަހަމްވެފައިވާ ކަމަށް ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.


މި އެކްސިޑެންޓް ހިނގާފައިވަނީ ބިޒީ ރައްޗަތޭވީ ޑިސްޓްރިކްޓްގެ އެއާޕޯޓް ރޭލް ލިންކުގެ މައްކާސަން ސްޓޭޝަން ކައިރީގައެވެ.
މި ހާދިސާ ގައި މުދާ އުފުލާ ރޭލު ބަހުގައި ޖެހި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ސައިކަލާއި ކާރު ހިމެނޭ ގޮތަށް ކައިރީގައި ހުރި އުޅަނދުތަކަށް އަލިފާނުގެ އަސަރު ކުރިއެވެ.
މަޢުލޫމާގު ލިބޭ ގޮތުގައި މަރުވި މީހުންނަކީ ރޯވެފައިވާ ބަހުގައި ތާށިވެފައި ތިބި މީހުންނެވެ.








