Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލު ނޫސްވެރިއަކަށް ފުރައްސާރަކޮށްފި

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލު ނޫސްވެރިއަކަށް ފުރައްސާރަކޮށްފި

އައިޝަތު ރުވާ ރިފްޢަތު
60 ދުވަސް ކުރިން - 16 މެއި 2026 02:25
ނޫސްވެރިޔާ ސުވާލުކުރައްވަމުން ގެންދެވި ވަގުތު ޑރ. ޖަމީލާއި ޒިޔާދު ނޫސްވެރިޔާއަށް ފުރައްސާރަކުރަމުންދާ މަންޒަރު---
ނޫސްވެރިޔާ ސުވާލުކުރައްވަމުން ގެންދެވި ވަގުތު ޑރ. ޖަމީލާއި ޒިޔާދު ނޫސްވެރިޔާއަށް ފުރައްސާރަކުރަމުންދާ މަންޒަރު---
ޚުލާސާ

ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ނޫސްވެރިޔާއަށް ޖޯކުޖަހައި ފުރައްސާރަ ކުރައްވާފަ. ޒިޔާދު (ޒިޔައްޓޭ) ވަނީ ނޫސްވެރިޔާގެ ގައިގައި އަތްލައި، ސުވާލުކުރުން ހުއްޓުވަން މަސައްކަތް ކޮށްފަ.

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސާލިހު އެކުއެކީގައި ސިޔާސީ މަސައްކަތް ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކަށް ފުރައްސާރަކޮށް ބުލީ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ސުވާލުކުރަން އުޅުމުގެ ތެރޭގައެވެ. ސުވާލުކުރަން ފެށުމުގެ ކުރިން ދެ ސުވާލެއް އޮތްކަމަށް ބުނެ، ފުރަތަމަ ސުވާލަށްފަހު ދެވަނަ ސުވާލު ކުރަން އުޅުމުން، އެތަނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މުހައްމަދު ޒިޔާދު (ޒިޔައްޓޭ) ވަނީ ނޫސްވެރިޔާގެ ގައިގައި އަތްލައި، ސުވާލުކުރުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. މި މަންޒަރު ވަނީ ލައިވް ޕްރޮގްރާމްތަކުން ސާފުކޮށް ފެނިފަ އެވެ. ނޫސްވެރިޔާ ބުނި ގޮތުގައި އޭނާ ދެވަނަ ސުވާލު ކުރަން އުޅުމުން ވަނީ މައިކް ވެސް އަތުލާފަ އެވެ.

މީގެ އިތުރުން، ނޫސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށް ބުނެ ބޮޑު ޕްރެސްއެއް ބާއްވަމުން ދިޔަ ވަގުތު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ނޫސްވެރިޔާއަށް ޖޯކުޖަހައި ފުރައްސާރަ ކުރައްވާފަ އެވެ. މިކަން އެ ނޫސްވެރިޔާވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

Advertisement

Advertisement 1

ނޫސްވެރިޔާ ސުވާލުކުރައްވަމުން ގެންދެވި ވަގުތު ޖަމީލާއި ޒިޔައްޓޭ ހުރަސް އަޅާ މަންޒަރު ފެންނަ ފުޓޭޖުގެ ސްކްރީންޝޮޓެއް---

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން މީހަކު ބުނެފައިވަނީ، އިތުރަށް ކޮށްފާނެ ސުވާލަކާ މެދު ބިރުން ޒިޔައްޓޭ ނޫސްވެރިޔާގެ ގަޔަށް އަތްލައި މަޑުކުރަން އެންގިއިރު، ނޫސްވެރިންގެ ހައްގުގައި ނުކުމެ ތިބި މީހުންގެ ފެންވަރަކީ މިއީތޯ ސުވާލު އުފެދޭ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ތިން ރައީސުން އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވިއިރު، އެ ބޭފުޅުންގެ އެންމެ ފުރަތަމަ ޑިމާންޑަކީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ދޫކޮށްލުމެވެ. އެ ދެ ނޫސްވެރިންނަށް ޖަލު ހުކުމެއް އައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި ގަޒްފުގެ ތުހުމަތު އަޅުވައި، ކޯޓު އަމުރާ ހިލާފުވުމާ ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިރޭ އެކީގައި މަސައްކަތް ކުރަން ސޮއިކުރެއްވި ތިން ރައީސުންނަކީ މީގެ ކުރިން އެކަކު އަނެކަކު ޖަލަށްލައި، ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތުހުމަތުތައް އެކަކު އަނެކަކަށް ކުރެއްވި ބޭފުޅުންނެވެ. އަދި މި ބޭފުޅުންގެ ވެރިކަންތަކުގައި ނޫސްވެރިންނަށް ބިރުދައްކައި، ފުރައްސާރަކުރި ކަމުގެ ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އެއްވެސް ރައީސަކަށް ޖަވާބު ދެއްވާކަށް ކެރިވަޑައެއް ނުގަތެވެ. އަދި ތިން ރައީސުންވެސް ވާހަކަފުޅު ދެއްކެވީ އެބޭފުޅުންގެ ރައީސްކަމުގެ ދައުރުގައި ފެއިލްވެފައިވާކަން ދޭހަވާ މޭރުމަކުންނެވެ.

ނޫސްވެރިންމުހައްމަދު ޖަމީލް އަހްމަދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ފުލުހުން ބަލަން ފަށައިފި

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ބަލަނީ

47 ދުވަސް ކުރިން - 12:12

ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ: އަބްދުއްރަހީމް

"ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ"

50 ދުވަސް ކުރިން - 14:38

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

"ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް"

50 ދުވަސް ކުރިން - 14:27

ޖަމީލަކީ ހިޔަޅެއް، ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ނުހުންނާނެ: ޝުޖާއު

"ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ޖަމީލެއް ނުހުންނާނެ"

53 ދުވަސް ކުރިން - 23:56

ރިޕޯޓު: ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ރަންޒަމާން

ރިޕޯޓު: ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ރަންޒަމާން

72 ދުވަސް ކުރިން - 14:58

ނޫސްވެރިން ޒިންމާދާރުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ނޫސްވެރިން ޒިންމާދާރުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

72 ދުވަސް ކުރިން - 10:21