Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

50 މިލިއަން ޑޮލަރުގެ ލޯނު ދައްކަން އިތުރު ލޯނެއް ނުނަގާ: މުންދު

50 މިލިއަން ޑޮލަރުގެ ލޯނު ދައްކަން އިތުރު ލޯނެއް ނުނަގާ: މުންދު

އައިޝަތު ރުވާ ރިފްޢަތު
68 ދުވަސް ކުރިން - 14 މެއި 2026 19:58
ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްދު ޝަރީފް (މުންދު). / ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްދު ޝަރީފް (މުންދު). / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ލޯނުތައް ނަގާފައިވަނީ 17 މާޗު 2019، 26 ޖޫން 2019، އަދި 1 އޮކްޓޫބަރު 2019ގައި. ބާކީ ނުދައްކާ އޮތް ލޯނު ދައްކަންޖެހޭނީ އަންނަ ސެޕްޓެމްބަރުގައި.

ސަރުކާރުން އިންޑިއާއަށް ދާދި ފަހުން އަނބުރާ ދެއްކި 50 މިލިއަން ޑޮލަރަކީ އެއްވެސް އިތުރު ލޯނެއް ނަގައިގެން ދެއްކި ފައިސާއެއް ނޫން ކަމަށް ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ބާއްވަމުން އަންނަ "ޕްރެސާ ވިތު ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ޚުލާސާގެ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، އިންޑިއާއަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަވާނެ ކަމަށާއި އެ ލޯނު ރޯލްއޯވާ ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިންވެސް ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ ކުރީގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ދަރަނިތަކުގެ ތަފްސީލު ހާމަކުރައްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުން ވަނީ ތިން ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރުގެ މަގުން ޖުމްލަ 150 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ނަގާފައެވެ. މި ލޯނުތައް ނަގާފައިވަނީ 17 މާޗު 2019، 26 ޖޫން 2019، އަދި 1 އޮކްޓޫބަރު 2019 ގައެވެ.

Advertisement

Advertisement 1

ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން ކޮންމެ އަހަރަކު މި ލޯނުތައް ރޯލްއޯވާ ކުރަމުން ގެންދިޔަ ނަމަވެސް، މި ސަރުކާރު އައިފަހުން މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ވަނީ އަނބުރާ ދައްކާފައެވެ.

މީގެ އިތުރުން، ބާކީ އޮތް 100 މިލިއަން ޑޮލަރުގެ ތެރެއިން މިހާރު ދެއްކި 50 މިލިއަން ޑޮލަރު ފިޔަވައި، ދެން އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ ތާރީހަކީ 17 ސެޕްޓެމްބަރު 2026 ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އެ ތާރީހަށް އެ ދަރަނިވެސް ސަރުކާރުން އަނބުރާ ދައްކަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މި ލޯނު ދެއްކުމުގައި އިތުރު ދަރަންޏެއް ނުނަގައި، ދައުލަތުގެ އާމްދަނީން އެ ފައިސާ ހަމަޖެއްސުމަކީ އިގްތިސާދީ ގޮތުން ސަރުކާރުން ހޯދި މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ތަރުޖަމާނު ފާހަގަކުރެއްވި އެވެ.

ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފު (މުންދު)ލޯނު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި: ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

6 ދުވަސް ކުރިން - 11:44

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

23 ދުވަސް ކުރިން - 14:56

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

45 ދުވަސް ކުރިން - 02:59

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

54 ދުވަސް ކުރިން - 00:16

ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް ޖަވާބުދީ ނިންމައިފި

ރައީސް އޮފީހަށް ހުށަހަޅާފައިވާ އާރް.ޓީ.އައިތަކަށް ޖަވާބުދީ ނިންމައިފި

59 ދުވަސް ކުރިން - 20:16

ކުރީގެ ތިން ރައީސުން އެއްގަލަކަށް އަރުއްވައިގެން އުޅުއްވަނީ ރިޔާސީ ޓިކެޓުގެ ބޭނުމުގައި: މުންދު

"ތިން ރައީސުންވެސް އުޅުއްވަނީ ރިޔާސީ ޓިކެޓުގެ ބޭނުމުގައި"

68 ދުވަސް ކުރިން - 16:36

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%