Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
73 ދުވަސް ކުރިން - 14 މެއި 2026 16:37
ޕްރޮގްރާމްގެ ބައިވެރިންނާއެކު ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް. / ފޮޓޯ: ބީއެމްއެލް
ޕްރޮގްރާމްގެ ބައިވެރިންނާއެކު ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް. / ފޮޓޯ: ބީއެމްއެލް
ޚުލާސާ

މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކޮށް، މުޅި ރާއްޖެއަށް ފޯރުކޮށްދޭ ބޭންކިންގ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭންކުން ކުރާ ބޮޑު އިންވެސްޓްމަންޓެއް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ ބަޔަކަށް ހެދުމުގެ މަގުސަދުގައި، އެ ބޭންކުން "ޗާޓާޑް ބޭންކާ ޕްރޮގްރާމް" ރަސްމީކޮށް ފަށައިފި އެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ މާހިރު ބޭންކަރުން ބިނާކުރުމަށާއި، ފަންނީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭ.އައި.ސީ.ބީ) އާއެކު ޖަނަވަރީ 2026 ގައި ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކް އޮފް މޯލްޑިވްސްގެ 30 މުވައްޒަފުން ބައިވެރިވެފައިވެ އެވެ. މި މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކޯހުގެ މޮޑިއުލްތައް ފުރިހަމަކޮށް، ޗާޓާޑް ބޭންކިން ކޮލިފިކޭޝަން ހާސިލުކުރާނެ އެވެ.

Advertisement

Advertisement 1

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި، މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ޝަރީފް ވިދާޅުވި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ހާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ. މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކޮށް، މުޅި ރާއްޖެއަށް ފޯރުކޮށްދޭ ބޭންކިންގ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭންކުން ކުރާ ބޮޑު އިންވެސްޓްމަންޓެކެވެ.

މި ޕްރޮގްރާމަކީ ބޭންކަށް ގެންނަމުންދާ ޒަމާނީ ބަދަލުތައް ތަންފީޒުކުރުމުގައި މުވައްޒަފުންގެ ދައުރު ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ބީއެމްއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

6 ދުވަސް ކުރިން - 13:47

ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ބީއެމްއެލް ސީއީއޯ

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

11 ދުވަސް ކުރިން - 20:12

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި: ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

11 ދުވަސް ކުރިން - 11:44

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

11 ދުވަސް ކުރިން - 11:27

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

11 ދުވަސް ކުރިން - 11:20

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

13 ދުވަސް ކުރިން - 16:00