Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
62 ދުވަސް ކުރިން - 13 މެއި 2026 16:32
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކެނޑިޑޭޓް ނަޖުދާ ހައްޔަރުކޮށް، ބަންދަށް 5 ދުވަސް ޖަހައިފި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކެނޑިޑޭޓް ނަޖުދާ ހައްޔަރުކޮށް، ބަންދަށް 5 ދުވަސް ޖަހައިފި
ޚުލާސާ

މަސްތުވާތަކެތީގެ މައްސަލައެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކެނޑިޑޭޓް ނަޖުދާ ހައްޔަރުކޮށް، ބަންދަށް 5 ދުވަސް ޖަހައިފި. މީނާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަ ވެސް އެބައޮތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކެންޑިޑޭޓް އައިޝަތު ނަޖުދާ އަލީ ހައްޔަރުކޮށް، އޭނާ ފަސް ދުވަހަށް ހައްޔަރުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ނަޖުދާ އަކީ ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ކެނޑިޑޭޓެކެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވަނީ، ނަޖުދާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

Advertisement

Advertisement 1

ނަޖުދާ ހައްޔަރުކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކަމަށްވެސް ކޯޓުން ފާހަގަކުރި އެވެ.

ނަޖުދާގެ މައްޗަށް ދައުލަތުން ވަނީ އިތުރު ޖިނާއީ އެހެން ދައުވާއެއް އުފުލާފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މާލޭގައި އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުނެފައިވަނީ، އެ ދައުވާ އުފުލާފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުން ކުރިއަށް ގެންގޮސް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.

ކްރިމިނަލް ކޯޓުމަސްތުވާތަކެތިއެމްޑީޕީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

11 ދުވަސް ކުރިން - 14:50

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

18 ދުވަސް ކުރިން - 23:51

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

24 ދުވަސް ކުރިން - 16:04

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

29 ދުވަސް ކުރިން - 10:24

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

30 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

30 ދުވަސް ކުރިން - 00:13