Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޔަހޫދީންނާއި ގުޅިގެން އީރާނުގެ ތެޔޮކާރުޚާނާ ގޮއްވައިލީ ޔޫއޭއީން ކަން ފަޅާއަރައިފި

ޔަހޫދީންނާއި ގުޅިގެން އީރާނުގެ ތެޔޮކާރުޚާނާ ގޮއްވައިލީ ޔޫއޭއީން ކަން ފަޅާއަރައިފި

ޢަބްދުﷲ ޖުނައިދު
64 ދުވަސް ކުރިން - 12 މެއި 2026 09:37
އީރާނުގެ ލަވާން ޖަޒީރާ އަށް ޔޫއޭއީން ޙަމަލާ ދިނުމުން އެތަނުގައި ރޯވެ ދުން އަރާ މަންޒަރު (8 އެޕްރީލް 2026)
އީރާނުގެ ލަވާން ޖަޒީރާ އަށް ޔޫއޭއީން ޙަމަލާ ދިނުމުން އެތަނުގައި ރޯވެ ދުން އަރާ މަންޒަރު (8 އެޕްރީލް 2026)
ޚުލާސާ

އެޕްރީލް މަހުގެ 8 ވަނަ ދުވަހު ލަވާން ޖަޒީރާގެ ތެޔޮ ރިފައިނަރީ އަށް ޙަމަލާ ދިނީ ވެސް ސީދާ ޔޫއޭއީ އިން. މިއީ ސިއްރިޔާތުގައި ދިން ޙަމަލާއެއް.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނުގެ އެތެރެ އަށް ސިއްރުން އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށާއި، ހުސްވި އެޕްރީލް މަހުގެ 8 ވަނަ ދުވަހު ލަވާން ޖަޒީރާގެ ތެޔޮ ރިފައިނަރީ އަށް ޙަމަލާ ދިނީ ވެސް ސީދާ ޔޫއޭއީ އިން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ޙަމަލާގެ ސަބަބުންދުވާލަކު 70000 ފީފާގެ ތެޔޮ ނެރޭ ބޮޑު ކާރުޚާނާގައި ރޯވެ، ރިފައިނަރީގެ އޮޕަރޭޝަންތައް ހުއްޓި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

Advertisement

Advertisement 1

އީރާނުގެ ލަވާން ޖަޒީރާ

އީރާނުން އޭރު ކަށަވަރުކޮށްދިން ގޮތުގައި އެ ފެސިލިޓީއަށް ޙަމަލާ ދިނީ "ދުޝްމަނުން" ނެވެ. ނަމަވެސް އޭރު އެއީ ކޮން ބައެއްގެ ޙަމަލާ އެއް ކަމެއް އީރާނަކަށް ސީދާ ކަށަވަރެއް ނުވެއެވެ. އަދި ޔޫއޭއީން ވެސް މިކަމުގައި ބައިވެރިވާކަމަށް އިއުތިރާފުވެފައެއް ނުވެއެވެ. އެ މީހުން ތިބީ ސިއްރުކޮށްގެންނެވެ. 

މިކަންކަން ހިނގާފައި ވަނީ ހަނގުރާމަ ހޫނުވެ މެދުއިރުމަތީގެ އެކި ހިސާބުތަކުގައި ވަރުގަދައަށް މިސައިލް އާއި ޑްރޯން ބަދަލުކުރުމުގެ ދަނޑިވަޅުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަނގުރާމައިގެ ތެރޭގައި އީރާނުން ޔޫއޭއީ އާއި ދިމާއަށް 2،800 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ފޮނުވާފައިވާއިރު، ބަދަލު ހިފުމުގެ ހަމަލާތައް ކުވައިތާއި ގަލްފްގެ އެހެން ގައުމުތަކަށް ވެސް އީރާނުން އަމާޒުކޮށްފައި ވެއެވެ. 

އީރާނުން ބުނީ ތިމަންނާމެން ދެނީ ރައްދު ހަމަލާތައް ކަމަށެވެ. އީރާނުގެ ހަމަލާތަކުގައި ޔޫއޭއީ، ކުވައިތު، އޮމާން އަދި ގަލްފްގެ އިތުރު ގައުމުތަކުގައި އާންމުންނާއި ސިފައިން މަރުވެފައިވާއިރު، ތެޔޮ ކާރުޚާނާތައް ވެސް ބަންދުކުރަން ޖެހުނު ކަން ފާހަގަ ކުރެވެއެވެ.

މި ހަނގުރާމައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އީރާނުގެ އިތުރުން ޔޫއޭއީ އާއި އިޒުރޭލަށެވެ. އެންމެ ބޮޑު ލަދަކާއި ކުރުމަތިލާން ޖެހުނީ އެމެރިކާއެވެ. ސަބަބަކީ އީރާނުން ދިން ރައްދު ހަމަލާތަކުގެ ބޮޑު ބަޔަކީ މުޅިން ވެސް އެމެރިކާގެ ސިފައިން މަރުކަޒު ކޮށްފައިވާ ތަންތަނަށް ދިން ހަމަލާތަކެވެ.

ޔޫއޭއީއީރާންއީރާން ކްރައިސިސް 2026
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުގެ ލޮރެސްތާން ޕްރޮވިންސްގައި އަންހެނުންތަކެއްގެ ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

އީރާނުގައި އަންހެނުންތަކެއްގެ ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

12 ގަޑިއިރު ކުރިން - 23:45

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދިން ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދީފި

18 ގަޑިއިރު ކުރިން - 18:09

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

1 ދުވަސް ކުރިން - 01:08

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

2 ދުވަސް ކުރިން - 12:01

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

2 ދުވަސް ކުރިން - 11:09

އީރާނުން ގަތަރު، ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތަށް ހަމަލާދީފި

އީރާނުން ގަތަރު، ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތަށް ހަމަލާދީފިޓ

3 ދުވަސް ކުރިން - 09:50