Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

އައިޝަތު ރުވާ ރިފްޢަތު
138 ދުވަސް ކުރިން - 10 މެއި 2026 13:27
ސައުދީ ބޭފުޅަކަށް އިސްލާމިކް މިނިސްޓްރީން މަރުހަބާ ދަންނަވަނީ. / ފޮޓޯ: މިނިސްޓްރީ
ސައުދީ ބޭފުޅަކަށް އިސްލާމިކް މިނިސްޓްރީން މަރުހަބާ ދަންނަވަނީ. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އޮޕަރޭޝަންސް މެނޭޖަރު އުމަރު ޢަބްދުލްމަޖީދު އާރް އައްދައީޖު.

1447 ވަނަ އަހަރުގެ ހައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން، "މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ދަށުން ހަމަޖައްސަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

މި ވަފުދުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އޮޕަރޭޝަންސް މެނޭޖަރު އުމަރު ޢަބްދުލްމަޖީދު އާރް. އައްދައީޖު އެވެ. އޭނާ ރާއްޖެ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. މީގެ އިތުރުން، މި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު 18 ބޭފުޅުން މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ހައްޖުވެރިންގެ ދަތުރުފަތުރުގެ ކަންކަން ލުއިފަސޭހަކޮށްދިނުމަށްޓަކައި ސައުދީ ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަޝްރޫއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުން، ރާއްޖެ މި މަޝްރޫއުގައި ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. މި ހިދުމަތް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

Advertisement

Advertisement 1

މި އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ހައްޖުވެރިންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދެ އެވެ. އެގޮތުން:

  1. ސައުދީއަށް އެތެރެވުމުގެ ކުރިން ރާއްޖޭގައި ތިބެގެން ސަޢުދީގެ އިމިގްރޭޝަން ކްލިއަރެންސް ނިންމާލެވުން.
  2. ހައްޖުވެރިންގެ ފޮށިތައް ސީދާ އެ ބޭފުޅުން ތިއްބަވާ ހޮޓަލާ ހަމައަށް ގެންގޮސްދިނުން.
  3. ޖިއްދާ އެއާޕޯޓުގައި ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ސަލާމަތްވެ، ދަތުރުގެ ވަރުބަލިކަން ކުޑަވެގެންދިޔުން.

އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް މި ފުރުސަތު ލިބިފައިވަނީ އެ ވުޒާރާއިން ސައުދީގެ ކަމާބެހޭ އިސްވެރިންނާއެކު ކުރި މުހިއްމު މަޝްވަރާތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި މިއީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާއި، ވަލީއަހްދު މުހައްމަދު ބިން ސަލްމާން ދިވެހި ރައްޔިތުންނަށް ބަހައްޓަވާ ގާތްކަމުގެ ހެއްކެކެވެ.

މި އިންތިޒާމުތައް ފުރިހަމަކުރުމުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއާއި ސަފީރު ހިޒް އެކްސެލަންސީ ޔަހްޔާ ހަސަން އަލްގަޙްތާނީ ދެއްވާ އެއްބާރުލުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މައްކާސައޫދީ އަރަބިއާމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތާރީހީ ދަތުރުފުޅެއްގައި މައްކާގެ ހަރަމްފުޅުގެ އިމާމު އަދި ހަތީބު ފަޟީލަތުއްޝައިހު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ

މަސްޖިދުލްހަރާމްގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

18 ގަޑިއިރު ކުރިން - 10:28

މައްކާގައި ވައިގެ ނުރައްކަލުގެ އިންޒާރު އަނެއްކާވެސް ނެރެފި؛ މި މަހު މިފަދަ ދެވަނަ ހާދިސާ!

މައްކާގައި ވައިގެ ނުރައްކަލުގެ އިންޒާރު އަނެއްކާވެސް ނެރެފި

1 ދުވަސް ކުރިން - 18:34

“ދާއިމީ ޞުލްޙަ ޤާއިމްކުރާ ބާރަކީ މައްކާ އެއްބަސްވުން”

“ދާއިމީ ޞުލްޙަ ޤާއިމްކުރާ ބާރަކީ މައްކާ އެއްބަސްވުން“

1 ދުވަސް ކުރިން - 10:34

ހަރަމްފުޅުގެ މުއައްޛިން އަލްމަދަނީ އަވަހާރަވެއްޖެ!

ހަރަމްފުޅުގެ މުއައްޛިން އަވަހާރަވެއްޖެ!

4 ދުވަސް ކުރިން - 21:30

އެމްބްރިޖް ޕްރޮޖެކްޓުގެ ޓެސްޓް މަރުހަލާ ނިންމުމަށްފަހު ސައޫދީ އަރަބިއްޔާ އެ ނިޒާމުން ރަސްމީކޮށް ވަކިވެއްޖެ

އެމްބްރިޖް ޕްރޮޖެކްޓުގެ ޓެސްޓް މަރުހަލާ ނިންމުމަށްފަހު ސައޫދީން ވަކިވެއްޖެ

5 ދުވަސް ކުރިން - 13:09

ހަނގުރާމައަށް ސައޫދީއަށް ގެންދިޔަ އިޓަލީގެ އެފް-2000 ޖެޓް، ޙޫޘީން ގޮއްވާލައިފި

ހަނގުރާމައަށް ސައޫދީއަށް ގެންދިޔަ އިޓަލީގެ އެފް-2000 ޖެޓް، ޙޫޘީން ގޮއްވާލައިފި

6 ދުވަސް ކުރިން - 10:08