Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތެލުގެ އަގު އުފުލުމާ ގުޅިގެން ޔަމަނުގެ ރައްޔިތުންގެ ތަކުލީފުތައް އިތުރަށް ބޮޑުވެއްޖެ

ތެލުގެ އަގު އުފުލުމާ ގުޅިގެން ޔަމަނުގެ ރައްޔިތުންގެ ތަކުލީފުތައް އިތުރަށް ބޮޑުވެއްޖެ

ހުސައިން އިސްމާއިލް
66 ދުވަސް ކުރިން - 8 މެއި 2026 20:50
މީގެ ސަބަބުން އަސާސީ ކަންކަމަށް ހަރަދު ކުރަންޖެހޭ އަގުތައް ދަނީ އަތްނުފޯރާ ފަށަށް ގޮސްފައި.
މީގެ ސަބަބުން އަސާސީ ކަންކަމަށް ހަރަދު ކުރަންޖެހޭ އަގުތައް ދަނީ އަތްނުފޯރާ ފަށަށް ގޮސްފައި.
ޚުލާސާ

މި މައްސަލަ މެދުވެރިވާން ދިމާވި މައިގަނޑު ސަބަބަކީ އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުންނާއި ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން.

ޔަމަނުގައި ތެލުގެ އަގު އާދަޔާ ހިލާފަށް އުފުލުމާ ގުޅިގެން ދަތުރުފަތުރުގެ ހަރަދުތައް ބޮޑުވެ، އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް އިތުރަށް ގޯސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ޔަމަނުގެ އެކި ސަރަހައްދުތަކުގައި ތެލުގެ އަގު އުފުލުމާއެކު އާންމު ދަތުރުފަތުރާއި މުދާ އުފުލުމުގެ އަގުތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތީގެ އަގުތައް ވެސް ވަނީ އަތްނުފޯރާ ފަށަށް އުފުލިފައެވެ.

ޔަމަނުގެ ގިނަ ރައްޔިތުންނަކީ މިހާރުވެސް ދިގުލީ ހަނގުރާމައާއި އިގްތިސާދީ ދަތިކަމުގެ ސަބަބުން އިންސާނީ އެހީއަށް ބަރޯސާވެފައިވާ ބަޔަކަށްވާއިރު، ތެލުގެ އަގަށް އައި މި ބަދަލަކީ އެމީހުންގެ ދިރިއުޅުމަށް ކުރިމަތިވި އިތުރު ހުރަހެކެވެ. ދަތުރުފަތުރުގެ އަގު ބޮޑުވުމުގެ ސަބަބުން ބަލިމީހުން ހޮސްޕިޓަލަށް ގެންދިއުމަށާއި، ދަރިވަރުން ސްކޫލަށް ދިއުމަށް ވެސް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

Advertisement

Advertisement 1

މި މައްސަލަ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ އެތެރެކުރުމަށް ހުރި ހުރަސްތަކާއި، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކެވެ. މީގެ އިތުރުން، ގައުމުގެ ފައިސާގެ އަގު ދަށްވުމަކީ ވެސް ތެލުގެ އަގު އުފުލުމަށް މަގުފަހިވާ ސަބަބެކެވެ.

ޔަމަނުގެ އާންމު ރައްޔިތުންނާއި ވިޔަފާވެރިން ބުނާ ގޮތުގައި، ތެލުގެ އަގު ކޮންޓްރޯލް ނުކުރެވިއްޖެނަމަ ގައުމުގެ އިގްތިސާދީ އަދި އިންސާނީ ހާލަތު ނުރައްކާތެރި ދަރަޖައަކަށް ވެއްޓިގެންދާނެއެވެ. އެހީދޭ ޖަމާއަތްތަކުން ވެސް ވަނީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހުރަސްތައް ކުރިމަތިވަމުންދާކަން ފާހަގަކޮށްފައެވެ.

ޔަމަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަމަނުގެ ސަރުކާރުން ސަންޢާ އެއާޕޯޓަށް ހަމަލާދީފި، ހޫޘީން ބެލިސްޓިކް މިސައިލް ފޮނުވާލުމާއެކު މަޝްރަހު ގޯސްވެއްޖެ

ޔަމަނުގެ ސަރުކާރުން ސަންޢާ އެއާޕޯޓަށް ހަމަލާދީފި

6 ގަޑިއިރު ކުރިން - 00:36

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

35 ދުވަސް ކުރިން - 12:57

ޔަމަނުގެ ހޫޘީން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފި

ޔަމަނުގެ ހޫޘީން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފި

107 ދުވަސް ކުރިން - 15:08

އެމެރިކާއާއި އިޒުރޭލުގެ އުޅަނދުތައް ރަތް ކަނޑަށް ފައްތާނަން: ހޫޘީ

އެމެރިކާއާއި އިޒުރޭލުގެ އުޅަނދުތައް ރަތްކަނޑަށް ފައްތާނަން: ހޫޘީ

107 ދުވަސް ކުރިން - 09:20

ޔަމަނުގެ ހޫޘީން ވެސް ހަނގުރާމަ އާއި ގުޅިއްޖެ

ޔަމަނުގެ ހޫޘީން ވެސް ހަނގުރާމަ އާއި ގުޅިއްޖެ

107 ދުވަސް ކުރިން - 09:10

ޕްރެޝަރުތަކާއި ގުޅިގެން މުދާ ފްރީޒްކުރާ ލިސްޓުން ޙިޒްބުالله އާއި ހޫޘީން ޣިރާޤުން އުނިކޮށްލައިފި

ޕްރެޝަރުތަކާއި ގުޅިގެން ޙިޒްބުاللهއާއި ހޫޘީންގެ މުދާތައް ދޫކޮށްލައިފި

215 ދުވަސް ކުރިން - 15:06