Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައް ނިންމާލައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައް ނިންމާލައިފި

އައިޝަތު ރުވާ ރިފްޢަތު
114 ދުވަސް ކުރިން - 5 މެއި 2026 23:27
ބޮޑުތަކުރުފާނު މަގުގައި މިހާރު ކުރިއަށްދާ ސަރަހައްދު. / ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގުގައި މިހާރު ކުރިއަށްދާ ސަރަހައްދު. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މިވަގުތު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮތް ސަރަހައްދުގަ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ ދަށުން ކުރިއަށްދާ ޝީޓް ޕައިލް ކުރުމުގެ މުހިންމު މަސައްކަތްތަކެއް ނިންމާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް ސެގްމަންޓް 2، 3 އަދި 4 އެއްކޮށްލައިގެން ޖުމްލަ 278 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ވަނީ ޖަހާ ނިންމާފަ އެވެ. މި މަސައްކަތަކީ މާލޭގެ އުތުރު ފަރާތުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދަތުރުފަތުރަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މި ސެގްމަންޓުތަކުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން، ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސްޓޯމްވޯޓާ ކެޗްޕިޓްތަކާއި ސްޓޯމްވޯޓާ ވަޅުތައް ބެހެއްޓުމުގެ މަސައްކަތުގެ އިތުރުން، އެންކަރ ބްލޮކްތައް ބެހެއްޓުމާއި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ބާރުމިނުގައި ކުރިއަށެވެ.

Advertisement

Advertisement 1

މި މަޝްރޫޢުގެ ސެގްމަންޓް 5 ގެ ދަށުން މަގުބައްތިތައް މިހާރު ވަނީ ހަރުކޮށް ނިންމާފަ އެވެ. އަދި ކީވޯލްއާ އިންވެގެން އޮންނަ ދުވާރު ހެދުމުގެ ބާކީ ހުރި މަސައްކަތްތައް މި ހަފުތާގެ ނިޔަލަށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ.

ފޭސް 1 ގެ މަސައްކަތްތައް މިވަގުތު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮތް ސަރަހައްދުގަ އެވެ. މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސިޓީ ގާޑަން ކުރިމަތިން އޮންނަ ސަރަހައްދުގައި 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިން ޒޯނެއް ތަރައްގީކުރުމެވެ. މި ސަރަހައްދުގައި ކަނޑު އުޅަނދުފަހަރަށް ފަސޭހައިން ކައިރިކުރެވޭ ގޮތަށް ވަށައިގެން ކީވޯލް ޖެހުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ ޖޫން މަހުގެ ނިޔަލަށް މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައި، އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމެވެ. މި މަޝްރޫއު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގަށް ބޮޑު ބަދަލެއް އައިސް، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ބޮޑުތަކުރުފާނު މަގުއެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

1 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

1 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

4 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

4 ދުވަސް ކުރިން - 18:22

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

8 ދުވަސް ކުރިން - 11:11

ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 60 އިންސައްތަ ނިންމާލައިފި

ރ. މާކުރަތު ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފި

10 ދުވަސް ކުރިން - 10:53