Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ހުސައިން އިސްމާއިލް
127 ދުވަސް ކުރިން - 4 މެއި 2026 21:06
ހައިޑްރޯފޮއިލް ޓެކްނޮލޮޖީ ޤާއިމްކޮށްފައިވާ ކުޑަ އުޅަނދެއް. ބެއާބޯޓުގެ ގޮތުގައި ހުރިހާ ވައްތަރެއްގެ އުޅަނދު ގެނެވޭނެ ގޮތް ވުމަކީ އިޤްތިޞާދު ކުރިއަރާނެ ކަމެއް.
ހައިޑްރޯފޮއިލް ޓެކްނޮލޮޖީ ޤާއިމްކޮށްފައިވާ ކުޑަ އުޅަނދެއް. ބެއާބޯޓުގެ ގޮތުގައި ހުރިހާ ވައްތަރެއްގެ އުޅަނދު ގެނެވޭނެ ގޮތް ވުމަކީ އިޤްތިޞާދު ކުރިއަރާނެ ކަމެއް.
ޚުލާސާ

13.7 މީޓަރަށް ވުރެ ކުދި އުޅަނދުތައް ނުގެނެވޭނެ ގޮތް ހަދާފައި ވަނީ ކުރީ ސަރުކާރުން. އަދި ބެއާބޯޓުތަކުގެ އެއްބަސްވުންތައް 2023 ޑިސެންބަރަށް ބާޠިލްވާގޮތަށް ހެދީވެސް ކުރީސަރުކާރުން.

ދިވެހިރާއްޖޭގެ ޝިޕިންގ ކުންފުނީގައި މިހާރު ވެސް ބޭނުންކުރަމުން ގެންދާ އެމްއެސްއެސް އޮޕާލް އަކީ ދިވެހިރާއްޖެ އިން އެއްފަހަރާ ފައިސާ ދީގެން ގެނެސްފައިވާ ބޯޓެއް ނޫނެވެ. އެ ބޯޓުގެ ވެރިފަރާތަކީ އަދިވެސް އިންޑިއާގެ ޗޮވްގުލެ ސްޓީމްޝިޕްސް ލިމިޓެޑެވެ.

ބައިތުލްމާލުން އެއްފަހަރާ ފައިސާ ޚަރަދުކުރުމުގެ ބަދަލުގައި ބެއާބޯޓުގެ ގޮތުގައި ޑިއުޓީ ފްރީ ކޮށް ރާއްޖެ ގެނެސް ވަގުތީ ރަޖިސްޓްރީއެއްގައި ދިވެހި ދިދައިގެ ދަށުގައި ބޭނުންކުރަމުން ފައިސާ ދައްކަމުންދައްކަމުން ޚަލާޞް ކުރީއެވެ. އެސްޓީއޯ އާއި ޤައުމީ ޝިޕިންގ ކުންފުންޏަށް ލިބުނު މި އެޑްވާންޓޭޖް މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ލިބެމުން ދަނިކޮށް، އެމްޑީޕީން ވަނީ އެމީހުން ވެރިކަމުން ފައިބައިގެން ދަނިކޮށް ރައްޔިތުންނަށް ބޮޑު ލަނޑެއް ދީފައެވެ.

Advertisement

Advertisement 1

އެމްޑީޕީން ދިން ލަނޑު

އެމްޑީޕީން ވެރިކަމުން ފޭބީ ބެއާބޯޓެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނެ އުޅަނދުތައް ވެސް ވަކި ސައިޒަކަށް ފައްތާފައެވެ. ޕްލެޝަރ ކްރާފްޓްގެ ގޮތުގައި ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ވަކި ސައިޒެއްގެ އުޅަނދުފަހަރު ބެއާބޯޓުގެ ގޮތުގައި ނުގެނެވޭނޭ ގޮތް ހަދައި، ކުރިން ރާއްޖޭގައި ބެއާބޯޓުގެ ގޮތުގައި ގެނެސްފައިވާ އުޅަނދުތަކުން ހަދާފައިވާ އެއްބަސްވުންތައް ވެސް 2023 ޑިސެންބަރުގެ ނިޔަލަށް އޮޓޮމެޓިކުން ކެންސަލް ވާ ގޮތަށް ހަދާފައެވެ. އޭރު މިދެންނެވި އުޅަނދުތަކަކީ ހައިއެންޑް ރިސޯޓުތަކަށް ޓޫރިސްޓުން ޓްރާންސްފާ ކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދިޔަ އުޅަނދުތަކެވެ. މި ޚިދުމަތް އެމްޑީޕީގެ ސަރުކާރުން ހުއްޓުވީ ރޭވުމެއްގެ ތެރެއިންނެވެ. ވިޔަފާރިވެރިންނާއި ރައީސް މުޢިއްޒުގެ ސަރުކާރާއި ޖެއްސުމަށެވެ.

ގެންނަންވީ އިޞްލާޙް

ކޮންމެ މީހަކަށް އެއްފަހަރާ 40-50 މިލިއަން ޑޮލަރެއް ނުލިބޭނެއެވެ. އެކަމަކު ހައިޑްރޯފޮއިލް ޓެކްނޮލޮޖީ ޤާއިމްކޮށްފައިވާ އުޅަނދުތަކާއި އެ ނޫން ވެސް 20-15 ފޫޓު ނުވަތަ އެއަށްވުރެ ބޮޑު އުޅަނދުތައް ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކައި މިލްކު ކުރެވޭ ގޮތަށް ރާއްޖެ އަށް ގެނެވެން އެބަހުއްޓެވެ. މިކަން ކުރެވޭނީ ސުންރޭޓް ޓެރިފް ސެޓްފިކެޓް ޓުއަރިޒަމް މިނިސްޓްރީ އަށް ހުށަހެޅޭނެ ގޮތަށް ޤަވާޢިދަށް ބަދަލު ވެސް ގެނެސްގެންނެވެ. މިއީ ޓުއަރިޒަމް މިނިސްޓްރީގެ އަތްމަތީގައި އޮތް ކަމެކެވެ.

13.7 މީޓަރަށް ވުރެ ކުދި އުޅަނދުތައް ނުގެނެވޭނެ ގޮތް ހަދާފައި ވަނީ ކުރީ ސަރުކާރުންނެވެ. އަދި ބެއާބޯޓުތަކުގެ އެއްބަސްވުންތައް 2023 ޑިސެންބަރަށް ބާޠިލްވާގޮތަށް ހެދީވެސް ކުރީސަރުކާރުންނެވެ.

ފާހަގަ ކޮށްލަން ޖެހޭ މުހިއްމު ކަމަކީ ބެއާބޯޓުގެ ނަމުގައި ގެނެސްފައިވާ އުޅަނދުތައް އޮޕަރޭޓް ކުރަމުން ދިޔައީ ސަރުކާރަށް ދައްކަން ޖެހޭ ހުރިހާ ފީ އެއް ދައްކައި، ބަރާބަރަށް ޓެކްސް ވެސް ދައްކަމުންނެވެ. ރާއްޖޭގެ އެހެން އުޅަނދުފަހަރާއި ޚިލާފަށް މި އުޅަނދުފަހަރު އޮޕަރޭޓް ކުރުމުގެ ސަބަބުން އެތައް ވަޒީފާއެއް އުފެދި، ޔާޑުތަކަށް ވެސް ޢާމްދަނީ ލިބި، ސްޕެއާތަކުގެ ވިޔަފާރި ފުޅާވެ، އިޤްތިޞާދަށް ނުހަނު ފައިދާ ލިބުނެވެ. މި ހުރިހާ ކަމެއް ހުއްޓުވައިލީ އެމްޑީޕީ ސަރުކާރުން ކަން ރައްޔިތުން ހަނދާނެއް ނުނެތޭނެއެވެ.

ފަތުރުވެރިކަން
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

4 ދުވަސް ކުރިން - 12:32

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އޮގަސްޓުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

8 ދުވަސް ކުރިން - 12:07

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

9 ދުވަސް ކުރިން - 14:46

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%