Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
139 ދުވަސް ކުރިން - 3 މެއި 2026 15:01
މިނިސްޓަރު ޑރ. ޝަހީމް ހައްޖު މިޝަންގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިނިސްޓަރު ޑރ. ޝަހީމް ހައްޖު މިޝަންގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ހައްޖުވެރިންނަށް ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ހައްޖުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ އެންމެ ފުރިހަމަ ހިދުމަތްތަކެއްކަން ކަށަވަރުކުރުމަށް މިނިސްޓަރު ނަސޭހަތްތެރިވެލެއްވި.

މިއަހަރުގެ (1447 ވަނަ އަހަރުގެ) ހައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހައްޖު މިޝަންގެ މެމްބަރުންނަށް މިނިސްޓަރު ވަނީ މުހިންމު އިރުޝާދުތަކެއް ދެއްވާފަ އެވެ. ވަޒީރުގެ ވާހަކަފުޅުގައި، ހައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ހައްޖުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ އެންމެ ފުރިހަމަ ހިދުމަތްތަކެއްކަން ކަށަވަރުކުރުމަށް ނަސޭހަތްތެރިވެލެއްވި އެވެ.

މީގެ އިތުރުން، ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ހައްޖުވެރިންނަށް ދިމާވެދާނެ ދަތިތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި، ހައްޖުވެރިންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

Advertisement

Advertisement 1

މި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ހައްޖު މޫސުމުގައި ދިވެހި ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަމާއި އިންތިޒާމުތައް އެންމެ ފުރިހަމައަށް ހަމަޖެއްސުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ. މި ސަރުކާރުން އަންނަނީ ދިވެހި ހައްޖުވެރިންގެ ކަންކަން ވީހާވެސް އޮމާންކޮށް ގެންދިއުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްމޯލްޑިވްސް ހައްޖު ކޯޕަރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުލުން ދޭ ނަސޭހަތާއި އަމަލު އެއްގޮތްކުރުމަށް ޒުވާން ހަތީބުންނަށް ރައީސް އިލްތިމާސްކުރައްވައިފި

ދުލުން ދޭ ނަސޭހަތާއި އަމަލު އެއްގޮތްކުރުމަށް ޒުވާން ހަތީބުންނަށް ރައީސް އިލްތިމާސްކުރައްވައިފި

4 ދުވަސް ކުރިން - 23:46

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

41 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

70 ދުވަސް ކުރިން - 21:23

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

79 ދުވަސް ކުރިން - 19:56

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

84 ދުވަސް ކުރިން - 20:02

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

108 ދުވަސް ކުރިން - 17:15