Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ހުސައިން އިސްމާއިލް
103 ދުވަސް ކުރިން - 2 މެއި 2026 13:26
ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކާއި ބެހޭގޮތުން ބައެއް ސްޓޭކްހޯލްޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވުން / ފޮޓޯ: މާޔާ
ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކާއި ބެހޭގޮތުން ބައެއް ސްޓޭކްހޯލްޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވުން / ފޮޓޯ: މާޔާ
ޚުލާސާ

ކުރީ ސަރުކާރުތަކުން ސްޓެޓިސްޓިކްސް ވަނީ “ފޮރުވާފަ”. ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވި ކޮޅިގަނޑުން ރާއްޖެ ސަލާމަތް ކޮށްދެއްވީ ރައީސް މުޢިއްޒު.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުން ފެށިގެން މިއަދާއި ހަމަޔަށް ހާމަކަން ބޮޑު ގޮތެއްގައި ޢާންމު ނުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ފުރިހަމަ ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ކްރޫޒް ޝިޕްތަކާއި ސުޕަޔޮޓްތަކުގެ މަޢުލޫމާތު ވަކިން ބެލެހެއްޓި ކަމުގައި ވިޔަސް އެ ޤައުމެއްގެ ޓުއަރިޒަމް މިނިސްޓްރީގެ ސްޓެޓިސްޓިކްސްގައި ހިމަނައި ޢާންމު ކުރެއެވެ. ނަމަވެސް ރާއްޖޭގައި މި މަޢުލޫމާތުތައް އެންމެ ފުރިހަމައަށް ޢާންމުކުރަން ފެށީ އަދި ކިރިޔާއެވެ. ކުރީގެ ހުރިހާ ސަރުކާރެއްގެ ޓުއަރިޒަމް މިނިސްޓްރީ އިން އޮތީ ކްރޫޒް ޝިޕްތަކާއި ސުޕަޔޮޓްތަކުގެ ސްޓެޓިކްސްގައި “އަތްއަޅައި ފޮރުވާފަ”އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން މިހާރު ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ކްރޫޒް ޓޫރިޒަމް އެއްވަރެއްގައި ކުރިއަރަމުން އަންނައިރު، އާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކަނޑުމަގުން ރާއްޖެ އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

Advertisement

Advertisement 1

ހުސްވި އޭޕްރީލް މަހުގެ ފަހުކޮޅާއި ހަމަޔަށް ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 791،093 އަށް އަރާފައިވާއިރު، 17،346 ފަތުރުވެރިން އައިސްފައި ވަނީ ކްރޫޒްޝިޕްތަކުންނެވެ. މިއީ ވައިގެ މަގުން އަންނަ މީހުންނާއި އަޅާބަލާއިރު މަދު ޢަދަދެއް ކަމުގައި ފެންނަން ހުއްޓަސް، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ޢާމްދަނީއެއް ވައްދައިދޭ ތަފާތު ކެޓަގަރީއެއް ފުޅާވަމުން އަންނަކަން އިންޑަސްޓްރީގެ ބޭފުޅުން ފާހަގަކުރެއެވެ.

ކްރޫޒް ޝިޕްތަކުން ހަމައެކަނި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ދައުލަތަށް ވަންނަ ފައިސާ

  1. 1000 ޑޮލަރު (ބޮޔޭޖް) - ރާއްޖެ އަށް ބޯޓު ވަންނަ ކަމަށްޓަކައި “ކްރޫޒް އެންޑް ހާބާ ފީ” ގެ ނަމުގައި ދައްކާ ފައިސާ.
  2. 850 ޑޮލަރު - ޕެސެންޖާ ޝިޕް ލައިސަންސް ފީ (މިއީ ކޮންމެ ދުވަހަކު ދައްކަން ޖެހޭ 800 ޑޮލަރު)
  3. 5 ޑޮލަރު ކޮންމެ ބޮލަކަށް ކޮންމެ ދުވަހަކު ޕެސެންޖާފީގެ ގޮތުގަ. 1000 ފަސިންޖަރުން ނަމަ ދުވާލަކަށް 5000 ޑޮލަރު ދައްކާނެ.
  4. ބޮލަކަށް ގްރީން ޓެކްސް ގެ ގޮތުގައި ދުވަހަކަށް 12 ޑޮލަރު (މިއީ 1000 ފަސިންޖަރުންނަށް ނަމަ ދުވާލަކަށް 12000 ޑޮލަރު.

ކްރޫޒް ޝިޕްތަކުން ހަމައެކަނި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވަންނަ ފައިސާ

  1. ލައިޓް ޑިވްސް 13000 ރުފިޔާ
  2. އެންޓްރެންސްފީ (96000 ޓަނުގެ ބޯޓެއް ނަމަ 46000 ރުފިޔާ. ރާއްޖެ އަށް ޢާންމުކޮށް އަންނަނީ މި ސައިޒުގެ ބޯޓު)

ކްރޫޒް ޝިޕްތަކުން ހަމައެކަނި އެމްޕީއެލް އަށް ވަންނަ ފައިސާ

  1. ޕައިލެޓް ފީ އަށް 100000 ރުފިޔާ ވަނުމަށާއި ފުރުވައިދިނުމަށް ޗާޖުކުރޭ.

ކްރޫޒް ޝިޕްތަކުން ހަމައެކަނި އެމްޓިސީސީ އަށް ވަންނަ ފައިސާ

  1. އިއްޒުއްދީން ފާލަމަށް ގެސްޓުން ފައިބާތީވެ ދުވާލަކަށް 24000 ރުފިޔާ.

މީގެ އިތުރުން އެއިން އަންނަ ފަތުރުވެރިން ގޮވައިގެން ތަންތަނަށް ދަތުރުކުރާ ރާއްޖޭގެ އޮޑިދޯނިފަހަރާއި ލޯންޗުތަކަށް ވެސް 100000 - 150000 ޑޮލަރު ވަންނާނެ ކަމަށް އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުން ފާހަގަ ކުރެއެވެ.

ކްރޫޒް ޓޫރިޒަމަކީ ރިސޯޓްތަކާއި ގެސްޓްހައުސް ފަދަ މިހާރު ހުރި ސެގްމަންޓްތަކާ ވާދަކުރުމުގެ ބަދަލުގައި، އެ ސެގްމަންޓްތައް ފުރިހަމަކޮށްދޭ ކަމެކެވެ.

މާޔާގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ކޮޅިގަނޑުން ޤައުމު ސަލާމަތްކޮށްދެއްވި ރައީސް ކަމަށެވެ.

“އަޅުގަނޑު ހަމަ ވަކިން ފާހަގަކޮށްލަން ބޭނުން ރައީސް ޑރ.މުޢިއްޒުގެ މަސައްކަތްޕުޅު. ސުޕަޔޮޓްތަކާއި ކްރޫޒްޝިޕްތައް ރާއްޖެއަށް އައުން ހަމަ ގާތްގަނޑަކަށް މުޅިން ހުއްޓުމަކާއި ގާތަށް ދިޔަ. އެއީ ސިނާޢަތަށް ކުރިމަތިވި ކޮޅިގަނޑެއް. އެކަމުން އިންޑަސްޓްރީ ސަލާމަތް ކޮށްދެއްވައި ކުރިއަރުވައިދެއްވީ ރައީސް.. އެކަމަު އަދިވެސް އެބަހުރި އިތުރު ކަންތަކެއް،” މާޔާގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

14 ގަޑިއިރު ކުރިން - 12:35

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

18 ދުވަސް ކުރިން - 12:27

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

23 ދުވަސް ކުރިން - 13:55

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

42 ދުވަސް ކުރިން - 21:31

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

85 ދުވަސް ކުރިން - 13:57

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

89 ދުވަސް ކުރިން - 10:19