Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

މުހައްމަދު ޖަމްޝަތު
40 ދުވަސް ކުރިން - 2 މެއި 2026 11:10
އެސްޓީއޯ ހެޑް އޮފީސް--- ފޮޓޯ: ޚުލާސާ
އެސްޓީއޯ ހެޑް އޮފީސް--- ފޮޓޯ: ޚުލާސާ
ޚުލާސާ

ހަރަދުތައް ކެނޑުމުން ސާފު ފައިދާގެ ގޮތުގައި އެ ގްރޫޕަށް ވަނީ 785 މިލިއަން ރުފިޔާ ލިބިފަ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގްރޫޕަށް 2025 ވަނަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެއްޖެއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ގްރޫޕަށް ވަނީ 785 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް ޖުމްލަ އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 0.5 އިންސައްތައިގެ ކުޑަ ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިންގ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.

Advertisement

Advertisement 1

ތެލުގެ އަގަށް އައި ބަދަލާއެކު އާމްދަނީ ދަށްވި ނަމަވެސް، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން އިންޝޫރަންސް، ގޭސް އަދި ޓްރޭޑިންގ ވިޔަފާރިތަކުން ލިބުނު ނަތީޖާ ވަނީ ރަނގަޅުވެފައެވެ. ހިންގުމުގެ ހަރަދުތައް ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާ ގުޅިގެން ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.18 ބިލިއަން ރުފިޔާއެވެ.

ކުންފުނީގެ މާލީ ހާލަތު ރަނގަޅުވުމަށް މަގުފަހިވި އެއް ސަބަބަކީ ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސައްތައިން ދަށްވުމެވެ. މީގެ ސަބަބުން ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާ ވަނީ 962 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ވަނީ މި ކާމިޔާބީގައި ހިއްސާވާ ވިޔަފާރީގެ އެންމެހާ ބައިވެރިންނަށް ޝުކުރު އަދާކޮށްފައެވެ. އެ ކުންފުނިން ބުނީ ވިޔަފާރީގެ ބައިވެރިން ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް އުފަލާއެކު ބަލައިގަންނަ ކަމަށެވެ.

އެސްޓީއޯ
Ad
Ad

ގުޅޭ ޚަބަރުތައް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

25 ދުވަސް ކުރިން - 15:22

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

40 ދުވަސް ކުރިން - 11:00

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް؛ ފައިދާ 785 މިލިއަން

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 785 މިލިއަންގެ އާމްދަނީއެއް

50 ދުވަސް ކުރިން - 23:49

މަސް ދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި

މަސްދޯނިތަކަށް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިފި

51 ދުވަސް ކުރިން - 13:50

އެސްޓީއޯ ރަމަޒާން ބާޒާރުގެ ލަކީޑްރޯ ނަގައި، 1 ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި

އެސްޓީއޯ ރަމަޒާން ބާޒާރުގެ ނަސީބުވެރިޔާ ހޮވައިފި

63 ދުވަސް ކުރިން - 16:30

ތިނަދޫގައި މޯލްޑިވް ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފި

ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ މަސައްކަތް ފަށައިފި

76 ދުވަސް ކުރިން - 19:30

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%