Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

މުހައްމަދު ޖަމްޝަތު
40 ދުވަސް ކުރިން - 2 މެއި 2026 11:00
އެސްޓީއޯގެ 2024 ވަނަ އަހަރުގެ އާއްމު ޖަލްސާގެ ތެރެއިން---ފޮޓޯ:އެސްޓީއޯ
އެސްޓީއޯގެ 2024 ވަނަ އަހަރުގެ އާއްމު ޖަލްސާގެ ތެރެއިން---ފޮޓޯ:އެސްޓީއޯ
ޚުލާސާ

85 ރުފިޔާގެ ޑިވިޑެންޑަކީ ކުންފުނީގެ މާލީ ހިސާބުތަކަށް ބިނާކޮށް، ހިއްސާދާރުންނަށް އެންމެ އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަނޑައަޅާފައިވާ އަދަދެއް ކަމަށް ބެލެވޭ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2025 ވަނަ އަހަރުގެ ފައިދާއިން، ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. އެސްޓީއޯއިން އާންމުކޮށްފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައިވާ ގޮތުން، މި ޑިވިޑެންޑް ބެހުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް 2026 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ކުންފުނީގެ މާލީ ހާލަތާއި ފައިދާއާ ގުޅޭގޮތުން ބަލާއިރު، 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ފާސްކުރުން ވެސް މި ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ. ބޯޑުން ހުށަހަޅާފައިވާ 85 ރުފިޔާގެ ޑިވިޑެންޑަކީ ކުންފުނީގެ މާލީ ހިސާބުތަކަށް ބިނާކޮށް، ހިއްސާދާރުންނަށް އެންމެ އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަނޑައަޅާފައިވާ އަދަދެއްކަމަށް ބެލެވެއެވެ. މި ނިންމުން ފާސްވާނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ ވޯޓުންނެވެ.

Advertisement

Advertisement 1

އެސްޓީއޯގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މެއި 16 ވާ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައެވެ. މި ޖަލްސާ ކުރިއަށްދާނީ ޑުސިޓް ޑީ2 ފޭދޫ މޯލްޑިވްސްގެ ފޭދޫ ހޯލުގައެވެ. މީގެ އިތުރުން، މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހިއްސާދާރުންނަށް މި ޖަލްސާގައި ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އެސްޓީއޯގެ އޭޖީއެމް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ރަޖިސްޓަރީވުމުގެ މެއި 15 ގެ މެންދުރުފަހު 2:00 އެވެ.

އަމިއްލައަށް ޖަލްސާއަށް ހާޒިރުވެވެން ނެތް ހިއްސާދާރުންނަށް ޕްރޮކްސީއެއް އައްޔަންކުރުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ. ޕްރޮކްސީ ފޯމުތައް ޖަލްސާ ފެށުމުގެ 48 ގަޑިއިރު ކުރިން ހުށަހަޅަންޖެހޭނެއެވެ. ޖަލްސާގައި ވޯޓުލުން ކުރިއަށްދާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށެވެ. ކޮންމެ ހިއްސާދާރުކަށް ވެސް ވޯޓުލުމަށް ހާއްސަ ލިންކެއް ޖަލްސާގެ ކުރިން ފޯރުކޮށްދެވޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މި ޖަލްސާގެ އެޖެންޑާގައި އިތުރު މުހިންމު ކަންތައްތަކެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި، 2026 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަންކުރުމާއި އެ ފަރާތުގެ އުޖޫރަ ކަނޑައެޅުން ހިމެނެއެވެ. ބޯޑުން ހުށަހަޅާފައިވަނީ "އާނެސްޓް އެންޑް ޔަންގް"، އޮޑިޓަރުންގެ ގޮތުގައި އައްޔަންކުރުމަށެވެ. އެ މަސައްކަތް އެ އޮޑިޓް ފާމްއާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 2,133,000 (2.1 މިލިއަން) ރުފިޔާއެވެ. އޭގެ އިތުރުން، ކުންފުނީގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުމަށް ހުށަހެޅިފައިވާ އިސްލާހުތައް ފާސްކުރުން ވެސް އެޖެންޑާގައި ހިމެނެއެވެ.

އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކު އިންތިހާބުކުރުން ވެސް މި ޖަލްސާގައި އޮންނާނެއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ އެއް މަގާމަށް ދެ ކެންޑިޑޭޓަކު ވަނީ ކުރިމަތިލައިފައެވެ. އެއީ ކޯޕަރޭޓް ގަވަނަންސް އަދި މެނޭޖްމަންޓް ދާއިރާއިން ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ އަހުސަން ސަލީމްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ އަބްދުﷲ ޔާސިރެވެ. މި ދެ ބޭފުޅުންގެ ތެރެއިން ބޯޑަށް އިންތިހާބުވާ ފަރާތެއް ކަނޑައަޅާނީ ޖަލްސާގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އިންތިހާބުކުރެވޭ ޑިރެކްޓަރުގެ ދައުރަކީ 2026 ވަނަ އަހަރުން ފެށިގެން 2027 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ.

އެސްޓީއޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

25 ދުވަސް ކުރިން - 15:22

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯއަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

40 ދުވަސް ކުރިން - 11:10

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް؛ ފައިދާ 785 މިލިއަން

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 785 މިލިއަންގެ އާމްދަނީއެއް

50 ދުވަސް ކުރިން - 23:49

މަސް ދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި

މަސްދޯނިތަކަށް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިފި

51 ދުވަސް ކުރިން - 13:50

އެސްޓީއޯ ރަމަޒާން ބާޒާރުގެ ލަކީޑްރޯ ނަގައި، 1 ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި

އެސްޓީއޯ ރަމަޒާން ބާޒާރުގެ ނަސީބުވެރިޔާ ހޮވައިފި

63 ދުވަސް ކުރިން - 16:30

ތިނަދޫގައި މޯލްޑިވް ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފި

ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ މަސައްކަތް ފަށައިފި

76 ދުވަސް ކުރިން - 19:30