Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފައިސާ ނެތިގެން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ޣަފޫރު ހުށަހަޅުއްވައިފި

ފައިސާ ނެތިގެން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ޣަފޫރު ހުށަހަޅުއްވައިފި

އައިޝަތު ރުވާ ރިފްޢަތު
120 ދުވަސް ކުރިން - 1 މެއި 2026 22:55
އަބްދުލް ޣަފޫރު މޫސާ، ރައީސް ސޯލިހު އަދި ރައީސް ނަޝީދު---
އަބްދުލް ޣަފޫރު މޫސާ، ރައީސް ސޯލިހު އަދި ރައީސް ނަޝީދު---
ޚުލާސާ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ދަނޑިވަޅުގައި އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭނެކަމަށް ޣަފޫރު ވިދާޅުވި.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވާނެ ފައިސާ ނެތް ކަމަށް ވިދާޅުވެ، އެ ދެ އިންތިހާބު ވެސް ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޣަފޫރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ދަނޑިވަޅުގައި އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އިންތިހާބު ފަސްކުރަން ޖެހޭ ދެވަނަ ސަބަބެއްގެ ގޮތުގައި ޣަފޫރު ފާހަގަކުރެއްވީ މާލީ ދަތިކަމެވެ. އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބެންޖެހޭ ފައިސާ މި އަހަރު އަދި ލިބިފައެއް ނުވެ އެވެ.

Advertisement

Advertisement 1

"މި އަހަރު ސަރުކާރުން ލިބެން ޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވާނެ އެއްވެސް ފައިސާއެއް ޕާޓީއަކު ނެތް،" ޣަފޫރުގެ މެސެޖުގައި ބަޔާންކޮށްފައިވެ އެވެ.

އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިސް ފަރާތްތަކުން މަޝްވަރާކޮށްގެން 'އިންޓަރީމް އެރޭންޖްމަންޓެއް' ނުވަތަ ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ދިއުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ. އަދި އެ އިންތިޒާމުގެ ތެރޭގައި އޭނާ ނުހިމެނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މި ހުށަހެޅުން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ޣަފޫރު އެދިވަޑައިގެންފައި މިވަނީ، ޗެއާޕާސަން ކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަރަށް ފޯރިއާއެކު ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

މި އިންތިހާބުގައި ޕާޓީގެ ތެރޭގައި ވަނީ ބޮޑެތި ފެކްޝަންތަކެއް އުފެދިފަ އެވެ. މީކާއިލް އަހުމަދު ނަސީމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ފެކްޝަނުން ތާއީދުކުރާކަން ވަނީ އެނގިފަ އެވެ. އަނެއްކޮޅުން، ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އުޅުއްވި ބޭފުޅުންނާއި، ކުރީގެ ބައެއް ވަޒީރުންނެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނިވަޑައިގަންނަވަ އެވެ.

އިންތިހާބު ފަސްކުރުމުގެ މައްސަލައިގައި ޕާޓީގެ ތެރޭގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާއިރު، މިއީ އިންތިހާބު ފަސްކުރަން ހުށަހެޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ޑިސެމްބަރު މަހު ވެސް ވަނީ ލޯކަލް ކައުންސިލް އިންތިހާބަށްޓަކައި މި އިންތިހާބު ފަސްކޮށްފަ އެވެ. 

ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެމްޑީޕީގެ މެންބަރުން ވަޒީރުންނަށް ރުހުން ދެއްވުމާ ގުޅިގެން ރައީސް ނަޝީދުގެ ފެކްޝަނުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންނަކީ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގައި މީކާއީލް ނަސީމަށް ތާއީދުކުރައްވައި، އޭނާގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުންނެވެ.

ރައީސް މުޙައްމަދު ނަޝީދުމެމްބަރު އަބްދުލް ގަފޫރު މޫސާއިބްރާހިމް މުހައްމަދު ސޯލިހްމެމްބަރު މީކާއީލް އަހްމަދު ނަސީމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

1 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

7 ދުވަސް ކުރިން - 13:11

ސޯލިހަށް ޕްރައިމަރީ ކާމިޔާބު ނުވާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވައިފި

ސޯލިހަށް ޕްރައިމަރީ ކާމިޔާބު ނުވާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވައިފި

16 ދުވަސް ކުރިން - 10:21

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

30 ދުވަސް ކުރިން - 14:29

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

55 ދުވަސް ކުރިން - 23:29

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

74 ދުވަސް ކުރިން - 09:19