ލުބުނާނުން އިޒުރޭލަށް ޙަމަލާ ދީފިއެވެ. ޙަމަލާ ދީފައި ވަނީ ލުބުނާނުގެ ބޯޑަރު ކައިރީގައި ވަޒަންވެރިވެގެން އުޅޭ އިޒުރޭލު މީހުން ތިބި 5 ސަރަޙައްދަކަށެވެ.

އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ކަށަވަރުކޮށްދިން ގޮތުގައި ލުބުނާނުގެ ސަރަހައްދުން ދިން ޙަމަލާ ތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި އިސްރާއީލު ސިފައިން ތިބީ މިހާރު ހައި އެލާޓުގައެވެ.

މި ޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނުނަގައެވެ.