Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޯތިތައް ހިތުހުރި ގޮތަކަށް ދޫކުރުމުގެ ނަތީޖާ: މަގުކޮންނަނިކޮށް ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

ގޯތިތައް ހިތުހުރި ގޮތަކަށް ދޫކުރުމުގެ ނަތީޖާ: މަގުކޮންނަނިކޮށް ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

އައިޝަތު ރުވާ ރިފްޢަތު
128 ދުވަސް ކުރިން - 25 އޭޕްރިލް 2026 16:02
ހުޅުމާލެ ފޭސް 2 - ވިނަރެސް ސަރަހައްދު. / ފޮޓޯ: ޚުލާސާ
ހުޅުމާލެ ފޭސް 2 - ވިނަރެސް ސަރަހައްދު. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޖެހުނުތަނަކުން ގޯތި ދޫކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ ބިންތަކުގައި މަސައްކަތް ކުރަން ފެށުމާއެކު އަސާސީ ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތަކަށް ދަނީ ގެއްލުންވަމުން.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަގުކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ، އެ ސަރަހައްދުގެ ގިނަ ޓަވަރުތަކަކުން މިއަދު އަނެއްކާވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

މިއީ މިފަދަ ހާދިސާއެއް ހިނގައިގެން ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނު ދެވަނަ ފަހަރެވެ. މީގެ ހަފްތާއެއް ކުރިން، މި މަހުގެ ކުރީކޮޅުވެސް ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މައި ކޭބަލަކަށް ގެއްލުންވެ، ދެވަނަ ފިޔަވަހީގެ ގިނަ ޓަވަރުތަކަކުން ކަރަންޓު ކެނޑިފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ވަނީ މަގު ކޮނުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މިފަދަ ހާދިސާތަކުގެ ސަބަބުން ކުންފުންޏަށާއި އާންމު ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާއި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. ނަމަވެސް، އެ ކުންފުނީގެ އިލްތިމާސްތަކަށް ބެލުމެއް ނެތި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން މިއަދުވެސް މިވަނީ ހަމަ އެފަދަ ހާދިސާއެއް ތަކުރާރުވެފަ އެވެ.

Advertisement

Advertisement 1

މި މައްސަލަ މިހާ ބޮޑަށް ދިމާވާން މެދުވެރިވި އަސްލު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ، ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހިން އެއްވެސް ޕްލޭނެއް ނެތި ބޭނުންހާ ގޮތަކަށް ގޯތި ދޫކޮށްފައިވުމެވެ. ގޯތިތައް ދޫކުރިއިރު، ބިމުގެ އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކާއި، ފެނާއި ނަރުދަމާގެ ނެޓްވޯކްތައް ވަޅުލާފައިވާ ގޮތަކަށް އޭރުގެ ސަރުކާރުން އެއްވެސް ވަރަކަށް ވިސްނާފައެއް ނުވެ އެވެ.

މިގޮތަށް ޖެހުނުތަނަކުން ގޯތި ދޫކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ ބިންތަކުގައި މަސައްކަތް ކުރަން ފެށުމާއެކު އަސާސީ ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތަކަށް ދަނީ ގެއްލުންވަމުންނެވެ. މިއީ ހަމައެކަނި ކަރަންޓަށް ދިމާވާނެ މައްސަލައެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފެނާއި ނަރުދަމާގެ ނިޒާމަށްވެސް މިފަދަ ގެއްލުންތައް ލިބި، އާންމު ރައްޔިތުންނަށް އޭގެ ތަކުލީފު އުފުލަންޖެހޭނެ ކަމަށް ބެލެވެ އެވެ.

ހުޅުމާލެ ފޭސް-2ސްޓެލްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

26 ދުވަސް ކުރިން - 11:49

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

42 ދުވަސް ކުރިން - 19:54

ޢިމާރާތްކުރުމަށް އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

69 ދުވަސް ކުރިން - 17:35

ހުޅުމާލެ އަމާން ދޯދި ޓަވަރުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

އަމާން ދޯދި ޓަވަރުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

69 ދުވަސް ކުރިން - 08:51

ހުޅުމާލެ ފިހާރައެއްގެ ތެރޭގައި ވަޅިން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފިހާރައެއްގެ ތެރޭގައި ވަޅިން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

72 ދުވަސް ކުރިން - 11:26

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

81 ދުވަސް ކުރިން - 16:51