Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުރްމުޒް އިން ދަތުރުކުރާ ބޯޓުފަހަރުން އީރާނަށް ފުރަތަމަ ފަހަރަށް ފައިސާ ޖަމާވެއްޖެ

ހުރްމުޒް އިން ދަތުރުކުރާ ބޯޓުފަހަރުން އީރާނަށް ފުރަތަމަ ފަހަރަށް ފައިސާ ޖަމާވެއްޖެ

ހުސައިން އިސްމާއިލް
141 ދުވަސް ކުރިން - 24 އޭޕްރިލް 2026 13:48
ހުރްމުޒް ކަނޑުއޮޅިން ހުރަސްކުރުމަށް ނަގާ ފީ އިން ފުރަތަމަ ބޯޓުގެ ފައިސާ ތެހެރާނަށް ލިބިއްޖެ.
ހުރްމުޒް ކަނޑުއޮޅިން ހުރަސްކުރުމަށް ނަގާ ފީ އިން ފުރަތަމަ ބޯޓުގެ ފައިސާ ތެހެރާނަށް ލިބިއްޖެ.
ޚުލާސާ

ހުރްމުޒް އިން ދަތުރުކުރި ބޯޓުން އީރާނުގެ ސެންޓްރަލް ބޭންކު އެކައުންޓަށް ފުރަތަމަ ފަހަރަށް ފައިސާ ޖަމާވެއްޖެ

ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުން ފީ ނަގަން ފަށައި، އެކަމުން ލިބުނު ފުރަތަމަ އާމްދަނީ އެގައުމުގެ ދައުލަތަށް ލިބިފައިވާ ކަމަށް އީރާނުން އިޢުލާން ކޮށްފިއެވެ.

މިކަން ހާމަކޮށް އީރާނުގެ ކަމާބެހޭ އިދާރާތަކުން ބުނީ، މިއީ އެ ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި، ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ޚަރަދު ހޯދުމުގެ ގޮތުން ނަގަން ފެށި ފީއެއް ކަމަށެވެ. މި ފީ ނަގަން ފަށާފައި ވަނީ އީރާނުގެ ސަރަޙައްދީ އިމުގެ ތެރެއިން ދަތުރުކުރާ އުޅަނދުފަހަރުންނެވެ.

ހުރްމުޒް ކަނޑުއޮޅި ހުރަސް ކުރާ ނަމަ އީރާނަށް ދެމިލިއަން ޑޮލަރު ދޭން ޖެހެއެވެ.

Advertisement

Advertisement 1

ހުރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް ބޭރުކުރާ މައި މަގަށް ވާއިރު، މި ނިންމުމާ އެކު ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. ވަކިން ޚާއްޞަކޮށް، މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ އިޒްރޭލާއި ހުޅަނގުގެ ބައެއް ބާރުތަކުން ވަނީ އީރާނުގެ މި ނިންމުމަށް ފާޑު ކިޔައި، މިއީ ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ ގަވާއިދުތަކާ ޚިލާފު ކަމެއް ކަމަށް ބުނެފައެވެ.

ނަމަވެސް އީރާނުން ބުނަމުން ދަނީ އެގައުމުގެ ސަރަޙައްދީ އިމުގެ ތެރެއިން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެގައުމަށް ލިބިގެންވާ އިޚްތިޔާރީ ހައްގެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަނޑުއޮޅީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ވެސް އެގައުމުން ފާހަގަކު ރެއެވެ.

މި ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ. އީރާނުން މި ފީ ނަގަން ފަށާފައި ވަނީ އެގައުމާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ހުރްމުޒްއީރާންއީރާން ކްރައިސިސް 2026
Advertisement
Advertisement

ގުޅޭ ޚަބަރުތައް

24 ގަޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ތެޔޮ ޓޭންކަރަކަށް އީރާނުގެ ބާރުގަދަ ހަމަލާތަކެއް!

24 ގްޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ޓޭންކަރަކަށް އީރާނުން ހަމަލާދީފި

18 ގަޑިއިރު ކުރިން - 22:06

އީރާނުން އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

2 ދުވަސް ކުރިން - 09:30

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް، "ނޯ-ގޯ ޒޯން" އެއް އިޢުލާންކޮށްފި!

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގައިފި

2 ދުވަސް ކުރިން - 08:37

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

4 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

5 ދުވަސް ކުރިން - 20:35

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

9 ދުވަސް ކުރިން - 10:50

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%