Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާ ރައްޔިތުންގެ ހާލަތު ފަސް އަޅައި ފޮރުވަނީ!

ޣައްޒާ ރައްޔިތުންގެ ހާލަތު ފަސް އަޅައި ފޮރުވަނީ!

ހުސައިން އިސްމާއިލް
93 ދުވަސް ކުރިން - 23 އޭޕްރިލް 2026 06:58
ގެދޮރު ގެއްލި، ޢާއިލާތައް ގެއްލިފައިވާ ޣައްޒާގެ ރައްޔިތުންތަކެއް ފަލަސްތީނު ރައްޔިތެއްގެ ޖަނާޒާގައި.
ގެދޮރު ގެއްލި، ޢާއިލާތައް ގެއްލިފައިވާ ޣައްޒާގެ ރައްޔިތުންތަކެއް ފަލަސްތީނު ރައްޔިތެއްގެ ޖަނާޒާގައި.
ޚުލާސާ

ޣައްޒާ ސުންނާފަތިވެ، އެތައް ހާސް ބަޔަކު ޝަހީދުވެފައިވާއިރު، މިހާރު ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުވެސް ވަނީ ބިރުވެރިކަމެއްގަ. ދުނިޔޭގެ ސަމާލުކަން އަސްކަރީ ކަންކަމަށް.

ޣައްޒާއާއި ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އާންމު ރައްޔިތުން އުފުލަމުންދާ ތަދާއި ވޭނަށް ބައިނަލްއަގުވާމީ މުޖުތަމައުން ސަމާލުކަން ދިނުމަށް ފަލަސްތީނުގެ އިލްމުވެރިޔެއް ކަމަށްވާ މުންތަރު އިސްހާގު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ ސިޔާސީ އަދި އަސްކަރީ ކަންކަމަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުންދާ އާންމު ރައްޔިތުންގެ ހާލަތު ފަސްއަޅާ ފޮރުވިފައިވާތީ އެކަން ހާމަކުރުމެވެ.

މުނީރު އިސްހާގު ފާހަގަކުރެއްވި ގޮތުގައި، ޣައްޒާގެ ބޮޑު ބައެއް ސުންނާފަތިވެ، އެތައް ހާސް ބަޔަކު ޝަހީދުވެފައިވާއިރު، މިހާރު ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އާންމުންވެސް ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގާ މި ޖަރީމާތަކުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލި، އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވާކަން އޭނާ ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން މި އިންސާނީ ކާރިސާއަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި، އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާއިރު ފަލަސްތީނާއި ލުބުނާނުގެ ރައްޔިތުންގެ ހައްގުތައް އިސްނުކުރެވޭ ކަމީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ތަފާސްހިސާބުތަކެއް ނޫން ކަމަށާއި، މިއީ އިންސާނީ ފުރާނަތަކެއްކަން ދުނިޔެއަށް ހަނދާންކޮށްދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

އިސްރާއީލުން މެދުއިރުމަތީގައި ފަތުރަމުންދާ ނާމާންކަމާއި އަނިޔާވެރިކަމާ ދެކޮޅަށް، އަދި ނިކަމެތިވަމުންދާ އާންމު ރައްޔިތުންގެ ހައްގުގައި ބައިނަލްއަގުވާމީ ފެންވަރުގައި އަޑުއުފުލަން ޖެހޭ ކަމަށާއި، އެކި ދީންތަކުގެ މީހުން ގުޅިގެން މި އަނިޔާވެރިކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޣައްޒާލުބްނާންމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

8 ގަޑިއިރު ކުރިން - 20:07

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް

21 ދުވަސް ކުރިން - 21:30

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

21 ދުވަސް ކުރިން - 11:40