Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލިޓަން މަރާލި މައްސަލައިގައި ނިޒާމް އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ލިޓަން މަރާލި މައްސަލައިގައި ނިޒާމް އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

މުހައްމަދު ޖަމްޝަތު
94 ދުވަސް ކުރިން - 22 އޭޕްރިލް 2026 17:54
މުހައްމަދު ނިޒާމް (ކ) އަދި މުހައްމަދު ލިޓަން---
މުހައްމަދު ނިޒާމް (ކ) އަދި މުހައްމަދު ލިޓަން---
ޚުލާސާ

މިއީ ރާއްޖޭގައި މީހެއްގެ ހަށިގަނޑު ނުފެންނަނީސް އެ މީހާ މަރާލި ކަމަށް ބުނެ މަރުގެ ދައުވާއެއް ސާބިތުވި ފުރަތަމަ ފަހަރު

ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަންގެ މަރުގެ ތުހުމަތުގައި، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިއީ ރާއްޖޭގައި މީހެއްގެ ހަށިގަނޑު ނުފެންނަނީސް އެ މީހާ މަރާލި ކަމަށް ބުނެ މަރުގެ ދައުވާއެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

ލިޓަންގެ މަރުގެ މައްސަލައިގައި ނިޒާމްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލިއެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، ވައްކަމުގެ ދައުވާގެ އިތުރުން މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާއެވެ. މީގެ ތެރެއިން މަސްތުވާތަކެތީގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް މީގެ ކުރިން އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ.

Advertisement

Advertisement 1

މަރުގެ މައްސަލައިގައި ޝަރީއަތުން ނިންމެވީ ނިޒާމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުނުވި ނަމަވެސް، "އިންސާނެއްގެ ފުރާނައިގެ މައްޗަށް ފަރުވާލެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށް" ސާބިތުވާ ކަމަށެވެ. މި ކުށަށް އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ވައްކަމުގެ މައްސަލައިގައި ވަނީ އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ލިޓަންއާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަން ފެށީ އެ އަހަރުގެ ޑިސެމްބަރު 28 ގައެވެ. އެމީހުން ދަތުރުކުރި ބޯޓު ކ. ހުޅުލެ ނެރު ކައިރިން ފެނުނުއިރު، ގެއްލުނު ކަމަށް ބުނި ނިޒާމް މާލެއިން ފެނިގެން ހައްޔަރުކުރީ 2023 ޖެނުއަރީ 3 ގައެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނިޒާމް ލިޓަން މޫދަށް ވައްޓާލީ އޭނާގެ އަތުގައި ހުރި ފައިސާގެ ބޭނުމުގައެވެ. ލިޓަން ފުރުމުގެ ކުރިން 90,000 އަށް ވުރެ ގިނަ ރުފިޔާ ނިޒާމްގެ އަތަށް ލިބުނުކަން ހެކިންގެ ބަހުން އެނގޭއިރު، އެ ދެމީހުންގެ މެދުގައި ފައިސާގެ މައްސަލައިގައި އަދާވާތްތެރިކަން އޮތްކަން ތަހުގީގު ބަޔާންތަކުން އެނގޭ ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.

މައްސަލަ ނިންމަވަމުން ގާޒީ ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ބުނާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ގަސްތު މަރު ސާބިތުވާވަރުގެ ހެކި ނެތް ނަމަވެސް، ގާނޫނުގައި ބުނާ މިންގަނޑުން ފަރުވާލެއް ނެތް އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށް ނިޒާމްގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

46 ދުވަސް ކުރިން - 11:09

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

73 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

73 ދުވަސް ކުރިން - 16:23

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

74 ދުވަސް ކުރިން - 00:06