Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް

މުހައްމަދު ޖަމްޝަތު
129 ދުވަސް ކުރިން - 22 އޭޕްރިލް 2026 16:56
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް---ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް---ފޮޓޯ: މަޖިލިސް
ޚުލާސާ

މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާކުރުން

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމެވެ. މިގޮތުން، ވަޒީފާދޭ ފަރާތްތަކާއި، ގާނޫނުގެ ދަށުން އުފައްދާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މި ބިލުގައި ވަނީ އިތުރަށް ތަފްސީލުކޮށްފައެވެ. އަދި ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ޝަކުވާތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ވެސް ވަނީ އިސްލާހުކޮށްފައެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައިވާ ގޮތުން، މައްސަލަ ބަލާ ކޮމިޓީގައި ތިބެންޖެހެނީ 3 މެންބަރުންނެވެ. ނަމަވެސް އާ އިސްލާހުގައި ވަނީ މަދުވެގެން 3 މެންބަރުން ހިމެނޭހެން އޮނަހިރި އަދަދަކަށް މެންބަރުން އައްޔަންކުރެވޭނެ ކަމަށް ބަޔާންކޮށްފައެވެ. އަދި މި ކޮމިޓީގައި ދެ ޖިންސުގެ މެންބަރުން ހިމެނުން ލާޒިމްކޮށްފައިވެއެވެ. މީގެ އިތުރުން، ކޮމިޓީ އެކުލަވާލުމަށްފަހު އެކަން މިހާރު އަންގަންޖެހެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަމަށްވީ ނަމަވެސް، އާ އިސްލާހުގެ ދަށުން އެކަން އަންގަންޖެހޭނީ ހިޔުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށެވެ.

Advertisement

Advertisement 1

މައްސަލަ ބަލައި ނިންމުމަށް ކޮމިޓީއަށް 60 ދުވަހުގެ މުއްދަތެއް ލިބޭއިރު، އިތުރު ވަގުތު ބޭނުންވާ ނަމަ 30 ދުވަހަށް މުއްދަތު އިތުރުކުރެވޭނެއެވެ. މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އަދި ކޮމިޓީން ގޮތެއް ނިންމައި ފިޔަވަޅު އަޅާނަމަ، އެކަން 5 ދުވަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުރައްސާރައިގެ އަމަލު ހިންގީ ހަމައެކަނި ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ ރަސްމީ ވަގުތުގައި ކަމަށްވާން ނުޖެހެއެވެ. ވަޒީފާދޭ ކޮންމެ ފަރާތަކުން ވެސް މިފަދަ ކަންކަމަށް ޚާއްސަ ސިޔާސަތެއް އެކުލަވާލައި، މުވައްޒަފުން ހޭލުންތެރިކުރުވުމަށް ތަމްރީންތައް ދޭންޖެހޭނެއެވެ. މިއީ ވަޒީފާގެ މާހައުލަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

4 ދުވަސް ކުރިން - 07:43