އީރާނުގެ މިސްކިތަށް ގެއްލުންދީ، ދީނަށް ފުރައްސާރަ ކުރުމުގެ ނުބައި ޢަމަލު ހިންގި ލާދީނީ މީހަކު އެ ޤައުމުން މިއަދު ދަންޖައްސައި މަރާލައިފިއެވެ. އޭނާ ވަނީ މިސްކިތުގައި ހުޅު ވެސް ޖަހާފައެވެ.
ތެހެރާނު ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާ ތަކުގައި މިސްކިތެއްގައި އަލިފާން ރޯކޮށްލި ކަމުގެ ކުށް ސާބިތުވެ މަރާލާފައި ވަނީ އަމިރާލީ މިރްޖަފާރީ އެވެ. މީގެ އިތުރުން އޭނާ ވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާއާ ގުޅިފައިވާ ނެޓްވޯކަކާ ގުޅިގެން އީރާނުގެ އެތެރެ ގަޑުބަޑު ކުރުމަށް ވެސް މަސައްކަތް ކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.
ޖެނުއަރީ މަހު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އީރާނުން މިހާތަނަށް މަދުވެގެން 14 މީހަކު ދަންޖައްސާލާފައި ވާކަމަށް ބައެއް ޖަމިއްޔާތަކުން ލަފާކުރެ އެވެ. 
އީރާނުގައި 2025 ވަނަ އަހަރު އެކަނިވެސް 1،600 އަށް ވުރެ ގިނަ މީހުންނަށް މަރުގެ އަދަބު ދީފައި ވެއެވެ. 
މަރުގެ އަދަބު ތަންފީޒު ކުރާ މައްސަކައިގައި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ގެންދަނީ އީރާނަށް ޕްރެޝަރުކިށް، އެ ސިޔާސަތު ނުގެންގުޅުމަށް އަމުރު ކުރުމާއި އެކު، ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ.










