އެމެރިކާގެ ހިމާޔަތް ޔޫއޭއީއަށް ދެން ބޭނުމެއް ނޫން ކަމަށާއި، އަސްކަރީ މަރުކަޒުތަކަކީ ބުރައެއް ކަމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އެކަޑަމިކް އަދި ވަލީއަހުދު، މުހައްމަދު ބިން ޒައިދުގެ ކުރީގެ އެހީތެރިޔާ އަބްދުލް ޚާލިގް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އެ ޤައުމުގެ ރައްޔިތުންނާއި ތަންތަން ހިމާޔަތްކުރުމަށް އެމެރިކާގެ އަސްކަރީ އެހީތެރިކަން ދެން ބޭނުންނުވާ ކަމަށާއި، އެގައުމުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކީ މިހާރު ފައިދާހުރި ތަންތަނެއް ނޫނެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ޔޫއޭއީން ވަނީ އަމިއްލަ ދިފާއީ ބާރު ވަރުގަދަކޮށް، ބޭރުގެ ބާރުތަކަށް ބަރޯސާވުން ކުޑަކޮށްފައެވެ.
ޢަބްދުﷲ މިހެން ވިދާޅުވި އިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ފަހުން އީރާނުން ފޮނުވި ޙަމަލާތަކުން ޔޫއޭއީގައިވާ އެމެރިކާގެ ބޭސް ދިފާޢު ކުރުމަށް އެމެރިކާ ނުކުޅެފިފައިވާ ކަމެވެ.










