Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭންކުގެ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއް ނޫން: ޝަރީފް

ބޭންކުގެ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއް ނޫން: ޝަރީފް

މުހައްމަދު ޖަމްޝަތު
141 ދުވަސް ކުރިން - 21 އޭޕްރިލް 2026 12:00
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް---
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް---
ޚުލާސާ

ޝަރީފް ވިދާޅުވީ ބޭންކުގެ އޭޓީއެމް ނެޓްވޯކް ފުޅާކުރީ ސަރުކާރުގެ އިންވެސްޓްމަންޓާއެކު ބޭންކަށް ލިބޭނެ ފައިދާއަށް ބެލުމަށްފަހު ކަމަށް. ނަމަވެސް ބޭންކަށް ސިޔާސީ ނުފޫޒެއް ނެތްކަމަށް ވިދާޅުވި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޓީއެމް ނެޓްވޯކް ފުޅާކުރުމާއި ގެދޮރުވެރިކަމުގެ ސިނާއަތަށް ވަނުމަށް ނިންމި ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއް ނޫން ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭންކާ ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ ނިންމުންތަކަކީ ބޯޑުގައި މަޝްވަރާކުރެވި، ބޭންކަށް ފައިދާ ލިބޭނެ ކަމަށް އަންދާޒާކޮށް ނިންމާފައިވާ ވިޔަފާރީގެ ނިންމުންތަކެއް ކަމަށެވެ.

"އެއީ ބޭންކްގެ ކުރިމަގަށްޓަކައި ބޭންކުގެ ކުރިއެރުމަށްޓަކައި، ބޭންކްގެ މެނޭޖްމަންޓުންނާއި ބޯޑުން މަޝްވަރާކޮށް ނަގާފައިވާ ބިޒްނަސް ޑިސިޝަންތަކެއް،" ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement 1

އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެ މަސައްކަތް ކުރެވުނީ ސަރުކާރުގެ ވަރަށް ބޮޑު އިންވެސްޓްމަންޓަކާ އެކުގައި ކަމަށެވެ. އެހެންކަމުން އެކަމުގައި ސަރުކާރަށް ކްރެޑިޓް ނެގިދާނެ ނަމަވެސް، ބޭންކުން އެކަން ކުރީ ސަރުކާރުގެ އިންވެސްޓްމަންޓާއެކު ބޭންކަށް ލިބޭނެ ފައިދާއަށް ބެލުމަށްފަހު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޭންކުން މިހާރު ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ. މީގެ އިތުރުން ގެދޮރުވެރިކަމުގެ ދާއިރާއިން ހޯމް ކޮންސްޓްރަކްޝަން ލޯނު ދޫކުރަން ފަށާފައިވާކަން ބޭންކުން ފާހަގަކުރެއެވެ.

ގެދޮރުވެރިކަމުގެ ސިނާއަތުގައި ބޭންކުގެ ދައުރު ފުޅާކުރުމުގެ ގޮތުން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ މެދުވެރިކޮށް ޖުމުލަ 3,260 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ބީއެމްއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

16 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

22 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

26 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

33 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

36 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

40 ދުވަސް ކުރިން - 19:04