Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު
87 ދުވަސް ކުރިން - 19 އޭޕްރިލް 2026 14:57
ނަލަހިޔާ އިން ވައްކަން ކުރި މައްސަލާގައި ހައްޔަރު ކުރި ޖަޒީލު---
ނަލަހިޔާ އިން ވައްކަން ކުރި މައްސަލާގައި ހައްޔަރު ކުރި ޖަޒީލު---
ޚުލާސާ

މިއީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ އެޕާޓްމަންޓުން ކޮށްފައިވާ ވައްކަމެއް

މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މި މައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުހައްމަދު (47އ) އެވެ.

މި ވައްކަމަކީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ އެޕާޓްމަންޓުން ކޮށްފައިވާ ވައްކަމެއްކަން ވަނީ އެނގިފައެވެ. މި މައްސަލައިގައި މީގެ ކުރިން ވެސް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ރ. މަޑުއްވަރީ އިސްމާއިލް އާސިފާއި، ޅ. ނައިފަރު މުހައްމަދު ނޫރު އަހުމަދާއި، ސ. މީދޫ މުހައްމަދު އަފްރާހްގެ އިތުރުން މ. އޭސިޔާ އަހުމަދު ފާރިސް އެވެ.

Advertisement

Advertisement 1

މި ވައްކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވެނީ އިސްމާއިލް އާސިފަށެވެ. އޭނާއަކީ މަނިކު ސޭޓުގެ އާއިލީ މީހެއްގެ ދަރިއެއް ކަމަށް މައުލޫމާތު ލިބެއެވެ. ވައްކަން ކޮށްފައިވަނީ މަނިކު ސޭޓު އާއިލާ ގޮވައިގެން އުމްރާއަށް ދިއުމަށްޓަކައި އެޕާޓްމަންޓް އާސިފާ ހަވާލުކޮށްފައި ދިޔަ ވަގުތެއްގައި ކަމަށް ވެއެވެ.

މި މައްސަލައިގައި އިސްކޮށް އުޅުނު އާސިފަކީ މީގެ ކުރިން މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ ތެރޭގައި އޭނާގެ އަދަބު ލުއިކޮށްދީ ވަނީ މިނިވަންކޮށްފައެވެ.

ފުލުހުން ބުނީ މި ބޮޑު ވައްކަމުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

5 ގަޑިއިރު ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

15 ގަޑިއިރު ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

2 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

2 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

3 ދުވަސް ކުރިން - 01:44