Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހިޒްބުﷲއާ ދެކޮޅަށް ކުރާ މަސައްކަތް އަދި ނުނިމޭ: ނަތަންޔާހޫ

ހިޒްބުﷲއާ ދެކޮޅަށް ކުރާ މަސައްކަތް އަދި ނުނިމޭ: ނަތަންޔާހޫ

އައިޝަތު ރުވާ ރިފްޢަތު
54 ދުވަސް ކުރިން - 17 އޭޕްރިލް 2026 19:46
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ---
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ---
ޚުލާސާ

މިފަދަ މޭރުމަކުން ވާހަކަދައްކާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އިޒްރޭލުން ލުބުނާނަށް ބޮން އެޅުން ދެން ހުއްޓާލަންޖެހޭ ކަމަށް ބުނެފައިވަނިކޮށް.

އިޒްރޭލުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އަދި މުޅިން ނުނިމޭ ކަމަށާއި، އެ ޖަމާއަތް ރޫޅާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

ނަތަންޔާހޫ މިހެން ބުނީ ލުބުނާނާއި އިޒްރޭލާ ދެމެދު 10 ދުވަހުގެ މުއްދަތަކަށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. ރެކޯޑް ކުރެވިފައިވާ ހިތާބެއްގައި ނަތަންޔާހޫ ބުނީ، ހިޒްބުﷲއާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް އަދި ނުނިމޭ ކަމަށާއި، އެ ޖަމާއަތުގެ އަތުގައި ހުރި ރޮކެޓާއި ޑްރޯންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ކުރަން ރާވާފައިވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އިޒްރޭލުގެ މައިގަނޑު އަމާޒަކީ ހިޒްބުﷲގެ އަސްކަރީ ގާބިލްކަން އެއްކޮށް ނައްތާލުން ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

ނަތަންޔާހޫ މިފަދަ މޭރުމަކުން ވާހަކަދައްކާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އިޒްރޭލުން ލުބުނާނަށް ބޮން އެޅުން ދެން ހުއްޓާލަންޖެހޭ ކަމަށް ބުނެފައިވަނިކޮށެވެ. ޓްރަމްޕް ބުނީ "މިހާރު މިއޮތީ ފުދިފައި" ކަމަށާއި، އިތުރަށް ލުބުނާނަށް ހަމަލާދިނުމުގެ ފުރުސަތު އިޒްރޭލަށް ނުދެވޭނެ ކަމަށެވެ.

Advertisement

Advertisement 1

މި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއެކު ސަރަހައްދީ މަސްލަހަތަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، ނަތަންޔާހޫގެ ބަޔާނުގެ ސަބަބުން މަޝްރަހު އަނެއްކާވެސް ހޫނުވެދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

ނަތަންޔާހޫޑޮނަލްޑް ޓްރަމްޕުހިޒްބުالله
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

4 ދުވަސް ކުރިން - 10:43

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

5 ދުވަސް ކުރިން - 10:19

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

6 ދުވަސް ކުރިން - 11:09

ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާ އިން ގަރާރެއް ފާސްކޮށްފި

ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާ އިން ގަރާރެއް ފާސްކޮށްފި

6 ދުވަސް ކުރިން - 08:53

އިޒުރޭލު ސިފައިން އެއްވެފައި ތިބި ތަންތަނަށް ރޮކެޓުގެ ރާޅެއް ހިޒްބުاللهއިން ފޮނުވައިފި

އިޒުރޭލު ސިފައިން އެއްވެފައި ތިބި ތަންތަނަށް ރޮކެޓުގެ ރާޅެއް

7 ދުވަސް ކުރިން - 07:17

ލުބުނާނުގެ ހަނގުރާމަ ވަރުގަދަވުމާއެކު، ޓްރަމްޕް ނަތަންޏާހޫއާ މަޝްވަރާކޮށްފި

ލުބުނާނުގެ ހަނގުރާމަ ވަރުގަދަވުމާއެކު، ޓްރަމްޕް ނަތަންޏާހޫއާ މަޝްވަރާކޮށްފި

9 ދުވަސް ކުރިން - 06:21