ލުބުނާނުގެ ހަނގުރާމަ ދިހަ ދުވަހަށް ހުއްޓާލަން އިޢުލާން ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ޒައެނިސްޓުން ލުބުނާނުގެ ދެކުނުގެ ސަރަހައްދަށް ބޮން އަޅައި 8 މީހުން ޝަހީދުކޮށްލައި 30 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްފިއެވެ.


އެމެރިކާގެ މެދުވެރިކަމުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާންކުރިޔަސް، ލުބުނާނުގެ ދެކުނުގެ އެތައް ސަރަޙައްދަކަށް ޙަމަލާ ދީފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
ލުބުނާނުން ބުނާ ގޮތުގައި އެންމެ ސީރިއަސް ހާދިސާ ހިނގާފައި ވަނީ ސިޑޯން ނުވަތަ ޞީދާ ކައިރީގައި އޮންނަ ޣަޒީހް ގައެވެ،
އިސްރާއީލާއި ހިޒްބުالله އާއި ގުޅުން ހުރި ބާރުތަކުގެ މެދުގައި އުފެދިފައިވާ ފިތުނަތައް ކުޑަކުރުމަށް އެމެރިކާގެ ބްރޯކަރެއްގެ ދަށުން އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ ފިޔަވަޅު މިހާރު ފެންނަނީ ނާޒުކު ގޮތަކަށެވެ.








