ފިތުނަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އަސްކަރީ ޚިދުމަތަށް ވޮލަންޓިއަރުންގެ ގޮތުގައި 26 މިލިއަނަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ.
އީރާނުން ބުނީ މިއީ “ފުރާނަ ގުރުބާން” ގެ ނަމުގައި ހިންގާ ކެމްޕޭނެއްގެ ބައެއް ކަމަށާއި، މި ވޮލަންޓިއަރުންނަށް ރިވޮލިއުޝަނަރީ ގާޑާއި ގައުމީ ސިފައިން ހިމެނޭ ގޮތަށް އިރާނުގެ ހަތިޔާރު އެޅި ސިފައިންނަށް އެހީތެރިވެދެވޭނެ ކަމަށާއި ގައުމުގެ މުހިންމު ތަންތަން ހިމާޔަތް ކުރުން ފަދަ ދިފާއީ ކަންކަމުގައި ވެސް ބައިވެރި ވެވޭނެއެވެ.
މަސްދަރުތައް ބުނާ ގޮތުގައި އީރާނުގެ ސެލެބްރިޓީން ވެސް މި “ލަޝްކަރާއި” ގުޅުމަށް ވަނީ ނަން ނޯޓު ކޮށްފައެވެ.
އީރާނުގެ އާބާދީގައި ގާތްގަނޑަކަށް 90 މިލިއަން މީހުން އުޅޭއިރު، މި “ލަޝްކަރު” އެކުލަވައިލުމަށް 26 މިލިއަން މީހުން ނޯޓުކުރި އިރު، މިއީ އީރާނަށް އެއްގަމު މަގުން އަރައި ޙަމަލާ ދިނުމަށް އެމެރިކާ އިން ވިސްނަމުންދާ ދަނޑިވަޅެއް ކަން ފާހަގަ ކުރެވެއެވެ.










