ހުރްމުޒް އަށް އެމެރިކާ އިން ހުރަސް އަޅަމުން ގެންދާ ނަމަ، ރަތްކަނޑާއި، ޕާޝިއަން ގަލްފު އަދި ގަލްފް އޮފް އޮމާން ކަނޑުގެ ހުރިހާ ވިޔަފާރިތައް ހުއްޓުވާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ.

ރަތްކަނޑަކި އެފްރިކާ އާއި އަރަބިއަން ޕެނިންސިއުލާ ގުޅުވައިދޭ މައި ކަނޑެވެ. ގަލްފް އޮފް އޮމާން ކަނޑަކީ ޕާޝިއަން ގަލްފް އާއި އަރަބިއަން ސީ ގުޅުވައިދޭ ކަނޑެވެ. އަދި ޕާޝިއަން ކަނޑަކި އީރާނާއި އަރަބިންނާއި ދެމެދުގައިވާ ކަނޑެވެ.

އީރާނުން މި އިންޒާރު ދިނީ ޢަރަބީން ލައްވައި އެމެރިކާ އަށް ޕްރެޝަރު ކޮށް، މެދުއިރުމަތީގައިވާ އެމެރިކާގެ މަނަވަރުތައް އެ ސަރަހައްދުން ބޭރުކުރުމަށް ބާރު އެޅުމަށެވެ.

މި ކަނޑުތަކުގެ ވިޔަފާރި ބަންދު ވެއްޖެ ނަމަ ތެލުގެ އަގު 100 ޕަސަންޓަށް އުފުލި ކާބޯކެތީގެ އަގު ވެސް ބޮޑުތަނުން އުފުލޭނެއެވެ.