އީރާނާ އެކު މިހާރުކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރު ކުރަން ނުވިސްނާ ކަމަށާއި ދެން ފެންނާނީ “އެމެޒިން ދެ ދުވަސް” ކަމަށް ބުނެ ހަނގުރާމަ ނިމުން ކައިރި ވެއްޖެ ކަމަށް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މި އިޝާރަތް ކުރީ އީރާނަށް ބާރުގަދަ އިތުރު ހަމަލާތައް ދީ އީރާނުގެ ތެލުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތްކުރުނަ، ނުވަތަ އީރާނަށް ދޫދިނުން ކަމަށް ވުން އެކަށީގެންވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން މިހާރު ގެންދަނީ އަންގާރަ ދުވަހުން ފެށިގެން ހުރްމުޒް ކަނޑުއޮޅި އަށް ބޯޓުފަހަރުތަކަށް ނުވަދެވޭ ގޮތަށް ހުރަސް އަޅަމުންނެވެ. މިކަމުގެ ސަބަބުން ބޯޓުފަހަރުގެ ދަތުރުފަތުރަށް ގާތްގަނޑަކަށް މުޅިން ބުރޫއަރާފައިވެއެވެ.
ރިޕޯޓްތަކެއްގައިވާ ގޮތުން މިހާތަނަށް މަދުވެގެން 6 ބޯޓު ހުއްޓުވާފައި ނުވަތަ އަނބުރާ ފޮނުވާލާފައި ވާއިރު، އެ އޮޕަރޭޝަންގެ ފުރަތަމަ 24 ގަޑިއިރު އެއްވެސް ބޯޓަކަށް އެ ސަރަހައްދު ހުރަސް ކުރެވިފައެއް ނުވެއެވެ. މިއާއި އެކު 90–95% ގެ ބޯޓުތައް ގަލްފުގައި ތާށިވެފައިވެ އެވެ.
ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށި ފަހުން ޝިޕިންގ ޑޭޓާއިން ދައްކާ ގޮތުގައި ހުރްމުޒް ކަނޑުއޮޅިން 22 ބޯޓަށް މިސައިލް، ޑްރޯން، ނުވަތަ މައިން އިން ހަމަލާ ދީފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހަނގުރާމަ ފެށި ފަހުން އީރާނުން ގާތްގަނޑަކަށް 3،000 މީހުން މަރުވެފައިވާއިރު، އީރާނުން އެ ސަރަޙައްދުގައި ދިން ޙަމަލާ ތަކުގައި އެމެރިކާގެ 13 ސިފައިން މަރުވެ، ދިހަވަރަކަށް މީހުން ޒަޚަމްވެފައިވެއެވެ.










