Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގެއްލިފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސިނާން އަލުން ވާދަކުރައްވަނީ

ގެއްލިފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސިނާން އަލުން ވާދަކުރައްވަނީ

އައިޝަތު ރުވާ ރިފްޢަތު
137 ދުވަސް ކުރިން - 14 އޭޕްރިލް 2026 22:45
ހިތަދޫ އުތުރު ދާއިރާ ކުރީގެ މެމްބަރު މުހައްމަދު ސިނާން---
ހިތަދޫ އުތުރު ދާއިރާ ކުރީގެ މެމްބަރު މުހައްމަދު ސިނާން---
ޚުލާސާ

ދަރަނީގެ މައްސަލައެއްގައި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުން ހުކުމް ކުރީ މިދިޔަ އާދިއްތަ ދުވަހު.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އަލުން ވާދަކުރައްވާނެކަން މުހައްމަދު ސިނާން އިއުލާން ކުރައްވައިފި އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ސިނާން މިރޭ ވިދާޅުވީ، މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅާއެކު މި ބައި-އިލެކްޝަނަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިހްލާސްތެރި އެއްބާރުލުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ސިނާން މި ގޮނޑިއަށް އަލުން ވާދަކުރައްވަން ނިންމަވާފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން އެ ދާއިރާއަށް ވާދަކުރުމަށް އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ސޯބެގެ މި ނިންމެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުން ހުކުމް ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. ސިނާންގެ ގޮނޑި ގެއްލުނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމް އިއްވަވަމުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ފައިސާ ދައްކަމުން ދިއުމަށް ދަށު ކޯޓުން ކުރި ހުކުމާ ސިނާން ހިލާފުވެފައިވާ ކަމަށެވެ. ފައިސާ ނުދެއްކުނީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާން ބުނި ނަމަވެސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ކޯޓުން ފާހަގަކުރިއެވެ. އަދި ފަހުން ފައިސާ އެއްކޮށް ދެއްކި ނަމަވެސް، ހުކުމުގައިވާ ގޮތަށް މަހުން މަހަށް ފައިސާ ނުދެއްކުމަކީ ސާބިތު ދަރަންޏެއް އޮތް ކަމަށް ބެލެވޭނެ ހާލަތެއް ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ހިމެނިވަޑައިގެންނެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. މި ހުކުމާއެކު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މިހާރު ވަނީ ހުސްވެފަ އެވެ.

ރައްޔިތުންގެ މަޖިލިސްސ. ހިތަދޫކުރީގެ މެމްބަރު މުހައްމަދު ސިނާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

4 ދުވަސް ކުރިން - 07:43