Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
93 ދުވަސް ކުރިން - 14 އޭޕްރިލް 2026 19:25
ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަށް މަގާމުގެ ފަތްކޮޅު އަރުވަނީ. / ފޮޓޯ: ރައީސް އޮފީސް
ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަށް މަގާމުގެ ފަތްކޮޅު އަރުވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އަމީން މީގެ ކުރިން ހުންނެވީ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި. އަމީން މި މަގާމަށް އައްޔަނުކުރެއްވީ އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ ހަލީލު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގް އިބްރާހިމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މުހައްމަދު އަމީން މިއަދު އައްޔަނުކުރައްވައިފި އެވެ.

މުހައްމަދު އަމީން މީގެ ކުރިން ހުންނެވީ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައެވެ. އަމީން މި މަގާމަށް އައްޔަނުކުރެއްވިއިރު، ސަރުކާރުން ވަނީ މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ޓޫރިޒަމް މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން" ގެ ނަމަށް ބަދަލުކޮށްފައެވެ. މީގެ ކުރިން ސިވިލް އޭވިއޭޝަންގެ ކަންކަން ބަލަހައްޓަމުން އައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުންނެވެ.

ސަރުކާރުގެ ކެބިނެޓަށް މިއަދު ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ތޯރިގް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވި ނަމަވެސް، މިއަދު ޖުމްލަ 10 މިނިސްޓަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

Advertisement

Advertisement 1

މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އަވަސްމަގަކުން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން އައި ބަދަލުތަކެއް ކަމަށް ބެލެވެއެވެ.

މިނިސްޓަރ މުހައްމަދު އަމީންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންރައީސުލްޖުމްހޫރިއްޔާގެ އޮފީސްރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

19 ގަޑިއިރު ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

20 ގަޑިއިރު ކުރިން - 19:39

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ނިންމައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް

2 ދުވަސް ކުރިން - 14:33

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

2 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

3 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 22:50