Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޝިއާއު މަރާލި މައްސަލާގައި ސާހިލްގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް

ޝިއާއު މަރާލި މައްސަލާގައި ސާހިލްގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް

މުހައްމަދު ޖަމްޝަތު
102 ދުވަސް ކުރިން - 15 އޭޕްރިލް 2026 12:28
ޝިއާއު މަރާލި މައްސަލާގައި ދައުވާކުރާ ސާހިލް: އޭނާގެ މައްޗަށް 2 ދައުވާއެއް ސާބިތުވެ 3 އަހަރަށް ޖަލަށްލާން މިއަދު ވަނީ ހުކުމްކޮށްފަ --- ފޮޓޯ/ސޯޝަލް މީޑިއާ
ޝިއާއު މަރާލި މައްސަލާގައި ދައުވާކުރާ ސާހިލް: އޭނާގެ މައްޗަށް 2 ދައުވާއެއް ސާބިތުވެ 3 އަހަރަށް ޖަލަށްލާން މިއަދު ވަނީ ހުކުމްކޮށްފަ --- ފޮޓޯ/ސޯޝަލް މީޑިއާ
ޚުލާސާ

ސާހިލްގެ މައްޗަށް މި މައްސަލާގައި ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވޭ. މިއަދު ހުކުމް އިއްވީ އޭގެ ތެރެއިން 2 ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވުމުން

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް ބައެއް ދައުވާތައް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ އޮގަސްޓް 2023 ގައި ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ކުރި ހުކުމެކެވެ.

ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް މި މައްސަލާގައި ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވެއެވެ. ނަމަވެސް، މި މައްސަލައިގެ ބާވަތުންނާއި އާއިލާގެ މަސްލަހަތަށް ރިއާޔަތްކޮށް، ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވާތީ، އޭނާގެ މައްޗަށް ކުރާ ދައުވާތަކުގެ ތަފްސީލު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement 1

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި، ސާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް މިހާރު ވަނީ ސާބިތުވެފައެވެ. އެހެންކަމުން، އެ ދެ ދައުވާގެ އަދަބެއްގެ ގޮތުން އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. ބާކީ ތިން ދައުވާގެ ހުކުމް އަދި އިއްވާފައެއް ނުވެއެވެ.

މި މައްސަލައިގެ ބާކީ އޮތް ތިން ދައުވާގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން މި މަހުގެ ފަހުކޮޅު ބޭއްވުމަށް މިހާރު ވަނީ ތާވަލްކޮށްފައެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެ ދައުވާތަކާ މެދު ވެސް ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

މި މައްސަލައިގެ ކުރީގެ އަޑުއެހުންތަކުގައި ފާހަގަވެފައިވާ ގޮތުގައި، ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، އޭނާ ވަނީ ވަކީލުންނަށް އެއްބާރުލުން ދިނުމަށް އިންކާރުކޮށްފައެވެ. މި ސަބަބާ ހުރެ، އޭނާއަށް އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

46 ދުވަސް ކުރިން - 11:09

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

73 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

73 ދުވަސް ކުރިން - 16:23

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

74 ދުވަސް ކުރިން - 00:06