އިރުމަތީ ޕެސިފިކް ކަނޑުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ޝައްކުކުރެވޭ އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާއިން އަނެއްކާވެސް ހަމަލާދީ އޭގައި ހުރި ދެމީހަކު މަރާލައިފިއެވެ.

އެމެރިކާގެ ސައުތު ކޮމާންޑް (ސައުތުކޮމް) އިން ބުނީ އެ ޤައުމުގެ ޖާސޫސުން ހިންގި ޖޮއިންޓް އޮޕަރޭޝަނުގައި މި ދެމީހުން މަރައިލީ އިއްޔެގަވެ. އެދެމީހުންނަކީ "ނާކޯ ޓެރަރިސްޓުން" ކަމަށް އެމެރިކާ އިން ބުންޏެވެ.

އިރުމަތީ ޕެސިފިކް އަދި ކެރިބިއަން ސަރަހައްދުގެ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުތަކުގައި މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވޭ އުޅަނދުތަކަށް އަމާޒުކޮށްގެން އެމެރިކާ އިން ފަހަކަށް އައިސް ގެންދަނީ ބޮޑު އޮޕަރޭޝަނެއް ހިންގައި މަސްތުވާ ތަކެތި އަތުލަމުންނެވެ.

މިދިޔަ އަހަރުން ފެށިގެން މިފަދަ އޮޕަރޭޝަންތަކުގައި 150 އަށް ވުރެ ގިނަ މީހުން އެމެރިކާ އިން ވަނީ މަރާލާފައެވެ.