Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮށި ބަހައްޓާނެ

ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮށި ބަހައްޓާނެ

މުހައްމަދު ޖަމްޝަތު
104 ދުވަސް ކުރިން - 13 އޭޕްރިލް 2026 12:10
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުފޮށްޓެއް---ފޮޓޯ: އީސީ
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުފޮށްޓެއް---ފޮޓޯ: އީސީ
ޚުލާސާ

މި ދެވަނަ ބުރު ބާއްވަނީ ފަސް ދާއިރާއެއްގެ ކެންޑިޑޭޓުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާތީއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްލަ 14 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. 

ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށެވެ. ދަޑިމަގު ދާއިރާއަކީ ވެސް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރު ބާއްވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަގާމާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަގާމަށެވެ.

Advertisement

Advertisement 1

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި ބަހައްޓާނެއެވެ. އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮށި ބަހައްޓާނެއެވެ.

މީގެ އިތުރުން މާލޭގައި 6 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކެލާ އަދި ދޮންފަނުގެ ރައްޔިތުންނަށް ތާޖުދިއްދީން ސްކޫލުގައި، ނޭކުރެންދޫ އާއި މާވަށުގެ ރައްޔިތުންނަށް ހިރިޔާ ސްކޫލުގައި، އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ރައްޔިތުންނަށް ދަރުމަވަންތަ ސްކޫލުގައި ފޮށިތައް ބަހައްޓާނެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި މާލެ ސަރަޙައްދުގައި ރަޖިސްޓްރީވެފައިވާ ރައްޔިތުން އަލުން ރީ-ރަޖިސްޓްރީ ނުކުރާނަމަ ވޯޓުލާން ޖެހޭނީ މާލޭގައި ބަހައްޓާފައިވާ ފޮށިތަކަށެވެ. އަދި ވޯޓުނަގާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީކޮށްފައިވާ މީހުން ރީ-ރަޖިސްޓްރީ ނުކުރާނަމަ، އެމީހުންގެ ރަޖިސްޓްރީ އޮންނާނީ ދާއިމީ އެޑްރެސް އޮތް ރަށެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުއިލެކްޝަންސް ކޮމިޝަން (އީސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

24 ދުވަސް ކުރިން - 20:59

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

42 ދުވަސް ކުރިން - 19:24

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

43 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

43 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

49 ދުވަސް ކުރިން - 19:55